ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީއީއޯ ސަސްޕެންޑް ކުރިކަން އެމްއައިބީން ކަށަވަރުކޮށްދީފި

އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން ސަސްޕެންޑް ކޮށްފައިވާކަން އެ ބެންކުން ޔަގީންކޮށްދީފި އެވެ.

އެމްއައިބީން ނެރުނު ބަޔާނެއްގައި ބުނީ ބޭންކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެމްއައިބީގެ ސީއީއޯ ސަސްޕެންޑު ކުރުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ބޯޑު މީޓިންގައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބަލަމުންދާ މައްސަލައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑް ކުރީ ފައިސާއާ ގުޅުންހުރި މައްސަލައެއްގަ އެވެ.

ބެންކުން ބުނީ ސީއީއޯ ސަސްޕެންޑް ކުރުމާއި ގުޅިގެން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ސީއޯއޯ އަހުމަދު ރިޒާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: