ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ!

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދައިރާއަށް 4.6 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ސިއްހީ ދާއިރާއަށް އަންނަ އަހަރުގެ ބަޖެޓާއުގައި 4.6 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ބަޖެޓު ބެނުން ކުރެވޭނީ ގައުމުގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށެވެ.

އެގޮތުން މިއަދު މަޖިލީހުގައި ބަޖެޓު ރިޕޯޓު ހުށަހަޅަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރު ވެސް ކޮވިޑް 19 އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުން މެދުކެނޑުމެއްނެތި ކުރިއަށްގެންދެވޭނެ ކަމަށެވެ. އެންމެ ހަގު އުމުރުފުރާގެ ކުދިންނަށް ވެކްސިން ޖެހޭނެ މަގުފަހި ވުމާއިއެކު، ވެކސިން ހޯދައި އެ ހިދުމަތް ފޯރު ކޮށްދިނުުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމު ކުރެވިފައިވާ ކޮވިޑު ފެސިލިޓީތަކުގެ ހިދުމަތް ހުއްޓުމެއްނެތި، ރަނގަޅު ފެންވަރެއްގައި ކުރިޔަށް ގެންދެވޭނެކަމަށް އަމީރު ވިދާޅުވި އެވެ.

ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ދިވެހި ރައްޔިތުންނާއި ގާތުން، ރައްޔިތުން އެދޭ ފެންވަރުގެ ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީ ކުރުމަށެވެ.

މި މަޝްރޫއުގެ ތެރެއިން 5 ހޮސްޕިޓަލެއްގެ ވަސީލަތްތަކާއި ހިދުމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅު ކުރެވިފައިވާއިރު، އަދިވެސް އުމްރާނީ ތަރައްގީ ގެނައުމަށް ހޮސޕިޓަލްތަކަށް އިންވެސްޓްކުރުމަށް ރޭވިފައިވެއެވެ. އަދި މި 5 ހޮސްޕިޓަލަކީ ވެސް އަމިއްލައަށް ހިންގާ ހޮސްޕިޓަލްތަކެއްގެ ގޮތުގައި ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ސިއްހީ ހިދުމަތް ލާމަރުކަޒީވެ، ހިދުމަތް ދިނުން އަވަސްވެ، ކުރިއަރައިގެންދިއުމަށް ދޮރު ހުޅުވިގެންދާނެއެވެ.

މީގެ އިތުރުން ރަށްތަކުގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް ހޮސްޕިޓަލްތަކަކަށް ބަދަލު ކުރުމަށް އެކުލަވާލެވިފައިވާ 4.6 ބިލިއަން ރުފިޔާގެ ބަޖެޓުން ހިފާފައިވެއެވެ. އެހެންކަމުން ރައްޔިތުންނާ އެންމެ ގާތުން ސިއްހީ ހިދުމަތް ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން 60 ރަށެއްގެ ހޮސްޕިޓާލްތަކާއި، ސިއްހީ މަރުކަޒުތައް އަޕްގްރޭޑުކުރުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.

މި ހުރިހާ މަސައްކަތެއްގެ ބޭނުމެއްގެ ގޮތުގައި ވަނީ ރާއްޖޭ ސިއްހީ ނިޒާމަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި ސިއްހީ ވަސީލަތްތައް މުއްސަނދިކުރުމެވެ. ރާއްޖޭގައި ތަރައްގީ އާއި ސިއްހީ ފަރުޥާ އާއި ގުޅޭ އެންމެ ބޮދު މިސާލެއްގެ ގޮތުގައި ބަޖެޓު ރިޕޯޓުގައި ފާހަގކޮށްފައި ވަނީ ކެންސަރުގެ ފަރުވާއަށް ހާއްސަކޮށްގެން ލ. ގަމުގައި ހުޅުވާ ހޮސްޕިޓަލެވެ. މި ހޮސްޕިޓަލްގެ މަސައްކަތް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

ހަމައެއާއިއެކު، ޕްރައިމެރީ ހެކްތް ކެއާ ނިޒާމް ފުޅާކުރުމާއި، އަތޮޅު ތެރޭގައި ރީޖަނަލް މެންޓަލް ހެލްތް ޕްރޮގްރާމުތައް ފެށުމުގެ އިތުރުން އެމަޖެންސީ މެޑިކަލް ސާވިސްގެ ހިދުމަތްތައް ހަރުދާނާ ކުރުމަށް ރޭވިފައިވެއެވެ.

ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ސިއްހީ ހިދަމަތްތެރީން މަދުވުމަކީ އެންމެ އެކަށީގެންވާ ފަރުވާ ރައްޔިތުންނަށް ފޯރުކޮށް ނުދެވޭ މައްސަލައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން 2022 ވަނަ އަހަރު 120 ޑޮކްޓަރުންނާއި 200 އަށްވުރެ ގިނަ ނަރުހުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގައި މަަސައްކަތްކުރުމުގެ ޖާގަ ދީފައިވާކަމަށް ބަޖެޓް ރިޕޯޓުގައިވެއެވެ.

ސިއްހީ ދާއިރާއަށް ޖުމްލަކޮށް 4.6 ބިލިއަން ރުފިޔާ ހޭދަކުރެވޭ އިރު، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ 36,925,424,524 ރުފިޔާ (ތިރީސް ހަ ބިލިއަން، ނުވަ ސަތޭކަ ފަންސަވީސް މިލިއަން، ހަތަރު ސަތޭކަ ސައުވީސް ހާސް، ފަސް ސަތޭކަ ސައުވީސް ރުފިޔާ)ގެ ބަޖެޓު މިހާރު ވަނީ މަޖިލީހަށް ހުށައަޅާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: