ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ސާނަވީ ލޯނު އަދި ސްކޮލަރޝިޕްތަކަށް ބަޖެޓުގައި 600 މިލިއަން ރުފިޔާ!

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓު ހުށައަޅުއްވައިދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ސާނަވީ ލޯނު ސްކީމް އަދި ސްކޮލަރޝިޕްތަކަށް އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓުގައި ޖުމްލަަ 600 މިލިޔަން ރުފިޔާ ހިމަނާފައިވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެޓު ހުށައަޅުއްވައިދެއްވައި ތައުލީމީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ މަތީ ތައުލީމަށް ޖުމްލަކޮށް 949 މިލިއަން ބަޖެޓުކޮށްފައިވާނެކަމަށެވެ. މިއީ މިހާތަނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަށް އެއް އަހަރެއްގެ ތެރޭ އެންމެ ބޮޑަށް ޚަރަދުކުރަން ރާވާފައިވާ ފަހަރުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، މީހުން ބިނާކޮށް، ދިވެހި ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ ދައުރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޖުމްލަކޮށް ތައުލީމާއި މަތީ ތަޢުލީމުގެ ދާއިރާއަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 4.1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފެންވަރު ރަނގަޅު ތައުލީމެއް، އަމިއްލަ ފަސްގަނޑުގައި ތިބެގެން ދިވެހި ކޮންމެ ކުއްޖަކަށްވެސް ހޯދޭނެ މަގު ފަހިކޮށްދިނުން  ކަމަށެވެ. އަދި އިގްތިސާދީ ހަރަކާތް އިތުރުވެ ސިންދަފާތުވެގެންދާއިރު މުސްތަގުބަލުގައި ބޭނުންވާނެ ހުނަރުވެރި، ތައުލީމީ، މަސައްކަތްތެރިން ބިނާކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”ތައުލީމީ ދާއިރާއަށް އުމްރާނީ ގޮތުންނާއި، ޓީޗަރުންގެ ނިސްބަތުންނާއި، ވަސީލަތްތަކުގެ ގޮތުން މި ބަޖެޓުގެ ތެރެއިން ކުރިއަށްވުރެ ފަހިވެގެންދާނެ. މިގޮތުން، 141 ރަށެއްގައި ތައުލީމީ ދާއިރާގެ 177 މަޝްރޫއެއް 2022 ވަނަ އަހަރު ހިންގުމަށް ރާވާފައިވޭ. މީގެ ތެރޭގައި 31 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތައް ހިމެނޭއިރު، ހުޅުމާލޭގެ ފޭސް 2 ގައި ގާއިމުކުރާ އާ 3 ސްކޫލުގެ މަޝްރޫއުތައް ފާހަގަކޮށްލަން.“ މިނިސްޓަރ އަމީރު

މީގެ އިތުރުން، ކުދިންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިކޮށް، ޓީޗަރުން މަދުވުމުގެ ސަބަބުން ތައުލީމު ފޯރުކޮށްދިނުމުގައި ދިމާވާ ހުރަސްތަކަށް ހައްލު ހޯދުމުގެގޮތުން، އަންނަ އަހަރު 400 އަށްވުރެ ގިނަ އާ ޓީޗަރުން ނެގުމަށްވެސް ބަޖެޓުން ޖާގަ ދީފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހުރިހާ ކުދިންނަކީވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެފައިވާ ކުދިންނަށް ހެދުމަށް މި ސަރުކާރުން ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް މިއަންނަ އަހަރު ކުރިއަށް ގެންދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ތައުލީމީ ދާއިރާއަށް ކުރަމުންދާ އެންމެ މުހިންމު ކަމެއް ގޮތުގައި ފާހަގަކުރަނީ ހިލޭ ޑިގްރީ ޕްރޮގްރާމެވެ. މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފުކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމް ކުރިއަށް އޮތް އަހަރުވެސް ކުރިއަށް ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 12,000 ކުދިންނަށް ހިލޭ ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: