ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޮޓް ރެލީއަށް ގައިޑުން ތަމްރީނު ކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންޓިގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، އަންނަ އަހަރު ބާއްވާ ޔޮޓް ރެލީއަށް ޓުއާ ގައިޑުން ތަމްރީން ކުރަން ފަށައިފި އެވެ.

10 ދުވަހުގެ މި ތަމްރީން ޕްރޮގްރާމްގެ އަމާޒަކީ، ޔޮޓް ރެލީއަށް ތައްޔާރުވުމުގެ ގޮތުން، އެ ދަތުރުގައި ޒިޔާރަތްކުރާ ރަށްރަށުގައި ޓުއާ ގައިޑުން ތަމްރީނުކޮށް، ފަތުރުވެރިންނަށް ރަށްރަށުގެ އާސާރުތަކާއި އަދި ރަށާއި ބެހޭ ފުރިހަމަ މައުލޫމާތު ދިނުން ކަމަށް އެމްއައިޓީޑީސީ އިން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއީ ރަށްރަށުގައި ފަތުރުވެރިކަން އާލާވެގެން އަންނައިރު، ނުހަނު މުހިއްމު އަދި ބޭނުންތެރި ތަމްރީނެއްކަމަށެވެ. އަދި ފަތުރުވެރިންނަށް ސައްހަ މައުލޫމާތުދީ، އެމީހުން ހިތްހަމަޖެހޭ ގޮތަކަށް ހިދުމަތް ދިނުން އެހީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ޔޮޓް ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޔޮޓް ރެލީއެ ކެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ 3 ވަނަ ދުވަހުން ފެށިގެން، 3 ހަފްތާއަށް ދެމިގެންދާ މި ރެލީގައި ރާއްޖޭގެ އުތުރުގެ ރަށްތަކުން ހއ އަތޮޅުން ފެށިގެން ބ އަތޮޅުގެ ރަށްތަކާއި ހަމައަށް، މީހުން ދިރިއުޅޭ 11 ރަށަކާއި 4 ފަޅުރަށަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުގައި، ރާއްޖޭގެ ޤައުމީ ބަތަލު މުޙައްމަދު ތަކުރުފާނުގެ ދިރިއުޅުއްވުމާއި ގުޅުންހުރި ރާއްޖޭގެ މަޝްހޫރު އެތަށް ތާރީޚީ ބިނާތަކާއި، ދިވެހިންގެ އަމާންއޮމާން އެކުވެރި ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރިވެތި ކަނޑުއަޑީގެ މަންޒަރު ބަލައިލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: