ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ކައުންސިލަރަކު ތަފާތުކޮށްފައި ނުވާނެ: މުއިއްޒު

މާލޭގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން މޭޔަރު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލް ހިންގުމުކުގެ ތެރޭގައި އެއްވެސް ދާއިރައެއްގެ ކައުންސިލަރަކާއި މެދު ތަފާތުކޮށް ކަންތައް ކުރެވިފައި ނުވާނެކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލްގެ ތެރޭގައި ހިނގައި ދިޔަ ދެބަސްވުމެއްގައި ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ އަލީ އާއި ދޭތެރޭ ނާއިންސާފުން ކައުންސިލްގެ ތެރޭގައި ކަންތައް ކުރިކަމަށް ބުނެ ކައުންސިލަށް ނަހުލާ ކުރާ ތުހުމަތު ތަކާއި ބެހޭގޮތުން މުއިއިޒް ވިދާޅުވީ އިދާރާގެ ކަންތައް ހިނގަމުން ދަނީ ރޭވުންތެރި އިންތިޒާމެއްގެ ދަށުން ކަމުގައެވެ.

މޭޔަރު ވިދާޅުވީ، މަގާމަށް އައުމުގެ ކުރިން ކެމްޕޭނު ކުރުމުގައި ރައްޔިތުންނާއި އިހްލާސްތެރި ވައުދުތަކެއް ވެވަޑައިގަތް ކަމަށާއި، މަގާމަށް ހޮވާފައި ހުރީ ވަދުތައް ފުއްދާނެ ކަމަށް ރައްޔިތުން ގަބޫލުކުރާތީ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ކުރެވުނު އެންމެ ބޮޑު ވައުދަކީ ކައުންސިލްގެ ތެރޭގައި އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރިއަށްދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން މަގާމާއި ހަވާލުވެ ހުވާކުރި ދުވަހުން ފެށިގެން އެވައުދު ފުރިހަަމަ ކުރުމުގައި އަދިވެސް ދެމިހުރިކަމަށް ބުނަމުން މުއިއްޒު ވަނީ ކައުންސިލްގެ ތެރޭގައި ކަންތައް ކުރިއަސް ދާ ގޮތް ކިޔާ ދީފައެވެ. މިހާތަނަށް އަދި އެއްވެސް ކައުންސިލަރަކާއި މެދު ތަފާތު ކުރުމުގެ އުސޫލެއް ގެންގުޅެފައި ނުވާނެ ކަމަށާއި ކޮންމެ ފިކުރަކަށް ނިސްބަތްވާ ފަރާތަކަށް ވިއަސް ކައުންސިލުން ކަންތައް ކުރާނީ އެންމެންނަށް އިންސާފުވެރި ގޮތަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލްގެ މަސައްކަތް ހަވާލު ކުރުމާއި، ކޮމިޓީތައް ރޭވިފައި އޮންނަ ގޮތް ކިޔާދެމުން އޭނާ ވިދާޅުވީ އެކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދެވިފައިވާ ކަމަށެވެ.

ވަކި ކައުންސިލަރަކަށް ވަކި ކަމެއް ކޮށްދިނުމަށް އިސްކަންދިނުުގެ ބަދަލުގައި، ކައުންސިލުގައި އެޖެންޑާއެއް ހުށަހަޅައި ތަވާލު ކުރެވޭ ގޮތަށް އެޖެންޑާގައިވާ ކަންތައް ފާސް ކުރެވޭކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ މި ފާސް ކުރެވޭ ކަންތައް ތަންފީޒު ކުރެވޭއިރު، ތަންފީޒު ނުކުރެވި ލަސްވެގެންދާ ކަންތައް ވަކިން އައިސް މޭޔަރ އާއި ހިއްސާކުރުމުގެ ފުރުސަތުވެސް ކައުންސިލަރުންނަށް ދީފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޭޔަރ ޑރ. މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކީ ހިންގުންތެރި ރޭވުމެއްގެ ދަށުން ހިނގަމުންދާ އިދާރާއަކަށް ވުމާއިއެކު، އެއްވެސް ދާއިރާއެއްގ ކައުންސިލަރަކު މަސައްކަތެއް ކުރުމަށް ހުރަހެއް އެޅިފައި ނުވާނެ ކަމަށް އަދި މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ހަނިވެފައި ނޯންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: