މިއަދު މެންދުރު 12 ޖެހުމާއި ހަމައަށް ކ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ރީންދޫ އެލާޓް ނެރެފިއެވެ.
މިއަދު ހެނދުނު 08:45 ފެށިގެން މެންދުރު 12 ޖެހުމާއި ހަމައަށް ބައެއް އަތޮޅުތަކަށް ރީންދޫ އެލާޓް ނެރެފައިވާއިރު މިއަދު ހެނދުނު 10:45އާއި ހަމައަށް ބައެއް އަތޮޅުތަކަށް ހުދު ސަމާލުވެސް ވަނީ ނެރެފައެވެ. ކ އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށްގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.
Alert Yellow for torrential rain، thunderstorms. pic.twitter.com/CkNjSBdGJW
— Maldives Meteorology (@MetMaldives) November 3, 2021
އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.
އެހެންކަމުން، މޫސުމަށް ސަމާލުވުމަށް، ޚާއްސަކޮށް ކަނޑުދަތުރުކުރާއިރު މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

