ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ. ގަމުގެ އިޖްތިމާއީ ބައެއް ތަންތަނުގައި ސޯލަރ ޕީވީ ގާއިމު ކުރަނީ!

ސޯލަރ ޕީވީ ހަރުކުރުުމުގެ މަސައްކަތް ކުރިއަށްދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތެލަށް ބަރޯސާވާ މިންވަރު މަދުކޮށް އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ކުރިއަށް ގެނދާ ޕްރޮޖެކްޓްގެ ދަށުން ލ. ގަމުގެ 5 މިސްކިތަކާއި އިޖްތިމާއީ މަރުކަޒުތަކުގައި ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ލ. ގަމުގައި ހިންގާ މި ޕްރޮޖެކްޓުގެ ދަށުން 5 މިސްކިތްތަކާއި އިޖްތިމާއީ މަރުކަޒުގައި ޖުމްލަ 60kWp ސޯލަރ ޕީވީ ހަރުކުރެވިގެންދާނެއެވެ. މިކަމުގެ ސަބަބުން ރަސުގެ ކައުންސިލުން ކަރަންޓަށޤ ހަރަދު ކުރެވޭ މިންވަރުން ވަރަށް ބޮޑަށް ލުއި ވެގެންދާނެއެވެ.

ސޯލަރ ޕީވީ ގާއިމުކުރުމަށް ކުރިއަށް ގެންދާ މިމަޝްރޫއުގެ ަސބަބުން ދުވާލެއްގެ މައްޗަށް ޑީސަލް ބޭނުންކުރެވޭ އަދަދު 80 ލީޓަރު މަދުކުރެވިގެން ދާނެކމަަށް އަންދާޒާ ކުރެވެއެވެ. އަދި މަހެއްގެ މައްޗަށް ފެނަކައަށޤ 27400 ލީޓަރުގެ ޑީސަލް ސަލާަތް ކުރެވިގެންދާނެއެޗެ

މީގެ އިތުރުން ޖައްވަށް ބޭރުކުރާ ވިހަ ގޭހެއް ކަމަށްވާ ކާބަން ޑައިއޮކްސައިޑްގެ މިންވަރު މަހެއްގެ މައްޗަށް 5 ޓަން މަދުވެގެންދާނެއެވެ.

ފެނަކަ ކޯޕަރޭޝަން އަކީ ސަރުކާރުގެ އަާޒަކަމަށްވާ ދެމެހެއްޓެނިވި ގޮތެއްގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ޖައްވަށް ބޭރުވާ ވިހަ ގޭސްތައް މަދުކުރުންކަމަށްވާއިރު މިއަމާޒަށް ވާސިލުވުމަށް ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: