ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރު 3 ގެ ހާދިސާ ދަރިވަރުންނަށް ކިޔާނުދޭން އަންގާފައި ނުވާނެ: އެޑިއުކޭޝަން

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު 3 ގައި ދިވެހިރާއްޖެއަށް ހަމަލަ ދިނުމަށް ރާވައި، އަމަލީ ގޮތުން ހަމަލާގައި ބައިވެރިވި ދިވެހިންނަކީ ބާޢިންކަމުގައި ދަރިވަރުންނަށް ދަސްކޮށްނުދިނުަށް މިނިސްޓްރީއިން އެނގިކަމަށް ބުނެ މީޑިއާގައި ދެކެވެމުންދާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ނޮވެމްބަރު 3 ގެ ހާދިސާ ކިޔައިދިނުމުގައި ވަކި ކަމެއް އުނިކުރުމަށް ނުވަތަ އެހާދިސާ ކިޔާ ނުދިނުމަށް މިނިސްޓްރީއިން އަންގާފައިނުވާ ކަމަށް މިނިސްޓްރީއިން ބުނެފައިވަނި މިއަދު އެމިނިސްޓްރީން ކޮށްފައިވާ ޓްވވީޓެއްގައެވެ.

މި ޓްވީޓުގައި އެޑިއުކޭޝަން ބުނެފައިވަނީ ގައުމީ ގޮތުން ފާހަގަކުރެވޭ ނޮވެމްބަރު 3 ފަދަ ދުވަސްތައް ދަރިވަރުންނަށް އުނގަންނައި ދިނުމުގައި އެއްވެސް ހުރަހެއް އަޅާފައިނުވާ ކަމަށާއި، ސިޔާސީ މަންފާ ހޯދުމަށް ދަރިވަރުންނާއި ގުޅުވައިގެން ކުރެވޭ މިފަދަ ކަންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

މި މައްސަލައިގައި މީޑިއާތަކަށް މައުލޫމާތު ދީފައިވަނީ ސީއެޗްއެސްސީ ގެ މުދައްރިސެއްކަމަަށް މީޑިއާތަކުން ބުނަމުންދާއިރު، މިނިސްޓްރީއިން މި ހަބަރު ދޮގުކުރުމާއި ގުޅިގެން މީޑިއާތަކުން ބުނަމުންދަނީ އާއްމުކުރެވިފައިވަނީ ސައްހަ މައުލޫމާތު ކަމަށެވެ. އަދި މިމައުލޫމާތު މީޑިއާތަކަށް ދީފައިވާ ފަރާތް ހާމަނުކުރެވޭނެކަމަށެވެ.

ކަން މިހެން ހިނގައިދިއުމުގެ ސަބަބުން މިނިސްޓްރީއަށް ގިނަ ފާޑުކިއުންތައް އަމާޒު ވެފައިވާ އިރު، ގިނަ ބަޔަކު ބުނަމުން ދަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޗަތް އަލީ އަކީ ދިވެހި ދައުލަތް ދުށް އެންމެ ސިޔާސީ އެޑިއުކޭޝަން މިނިސްޓަރ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: