ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ޖެޕީއަކީ ތިންވަނަ ފިކުރު، އަމާޒަކީ ވެރިކަމަށް އައުން: ޔާމީން

ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު: ފޮޓޯ ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އުފެދިފައިވާ ސިޔަސީ ފިކުރުތަކުގެ ތެރެއިން 3 ވަނަ ފިކުރަކީ ޖުމްހޫރީ ޕާޓީކަމަށް ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ ގެ ’ޙަބަރަށްފަހު‘ ޕްރޮގްރާމުގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގެ 3 ވަނަ ސިޔާސީ ފިކުރުކަން ސިޔާސީ ތާރީހުންވެސް ފެންނަން އެބަ އޮތް ކަމަށެވެ. 2013 ގެ ރިޔާސީ އިންތިހާބުން މިސާލު ނަންގަވައި ޔާމީން ވިދާޅުވީ އެ އިންތިހާބުގައި ޖޭޕީ ތިން ވަނައަށް ދިޔައީ މަދު ވޯޓެއްގެ ތަފާތަކުން ކަމަށެވެ.

ޖުމްހޫރީ ޕާޓީއަކީ ސަރުކާރެއްގެ ހިއްސާދާރެއްގެ ގޮތުގައި އޮވެ، ހިނގާ ގޯސްތަކަށް އަޑުއުފުލާ ހަމައެކަނި ޕާޓީކަމަށް ޔާމީން ވިދާޅުވި އެވެ. ހަރުދަނާ ސިޔާސީ ޕާޓީތަކުގެ ސިފައަކީ އެއީ ކަމަށާއި މިއީ ރާއްޖޭގައި އޮތް އިންތިހާބުތައް ކާމިޔާބު ކުރުމަށް ގާބިލު ޕާޓީއެއްކަމަށް އޭނާ ވިދާޅުވި އެވެ. ހަރުދަނާ ސިޔާސަތުތަކާއި އެކު ކުރިޔަށް ދާ، އަދި ވަކި ފިކުރެއް އޮތް ޕަޓީއަކަށް އިންތިހާބެއް ކާމިޔާބު ކުރުން އެއީ އުނދަގޫ ކަމަކަށް ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ކުރަމުންދާ ވެރިކަމެއްގައި ސިޔާސީ ޕާޓީތަކަށް ބޭނުން ގޮތެއްގައި ހަރަކާތްތެރިވުމުގެ ފުރުސަތު އޮތްއިރު، ޖޭޕީގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނައުންކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޖުމްހޫރީ ޕާޓީއިން ވެރިކަމަށް އެރުމަށް ކައިވަތެއް ހާ ހިސާބަށް ކައިރިވެފައިވާކަަމަށް ވިދާޅުވި އެވެ. މިއަދު ރައްޔިތުން އެކި ސިޔާސީ ޕާޓީތަކުގެ އަޖުމަ ބަލައި، ވަކި ބޭފުޅަކު ވެރިކަމަށް ގެނައުމަށް ވެސް ކުރި މަސައްކަތް ކާމިޔާބުވެފައިވާ ކަމަށާއި އެހެން ނަމަވެސް ކުރި އުންމީދުތަކާއި އެއްވަރަށް ރައްޔިތުންނަށް އެ ސަރުކާރުތަކުން ހިދުމަތް ދިންތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

ޕާޓީއެއްގެ ތެރޭގައި ގަބޫލު ނުކުރާ ސިޔާސަތުތަކެއް ހިނގާނަމަ ކޮންމެ ރައްޔިތަކަސް ވެސް އެ ޕާޓީއަކަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދިއުމުގެ އިހުތިޔާރު ލިބިގެންވާކަމަށް ޔާމީން ވިދާޅުވި އެވެ. މަލްޓި ޕާޓީ ސިސްޓަމެއްގެ އެންމެ ތިވެތި ސިފައަކީ އެއީކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ސިޔާސީ މައިދާނުގައި ޖުމްހޫރީ ޕާޓީއިން އޮތީ ވަރަށް ހެޔޮވަރު ހިސާބެއްގައި ކަމަށާއި ޖޭޕީއަކީ މެދު މިނުގެ ފިކުރެއް އޮތް، އެއްވެސް ކަމެއްގައި ހައްދު ފަހަނާޅާފައިނުވާ ޕާޓީއެއް ކަމަށް ޔާމީން ވިދާޅުވި އެވެ. ހަމައެއާއިއެކު، ދިވެހި ރައްޔިތުންނަށް ހަގީގީ މަންފާ ހޯދައިދިނުމަކީ ޖުމްހޫރީ ޕާޓީގެ އަމާޒު ކަމުގައި އޭނާ ވިދާޅުވިއެވެ.

ޔާމިން ފާހަގަކުރެއްވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ފަލްސަފީ ފިކުރު އަދި ޕާޓީގެ ފިކުރުގެ އިތުރުން ގާސިމް ދައްކަވާ ނަމޫނާއަށް ބެލިނަމަވެސް، މި ލީޑަރުގެ ކިބައިގައި ހުރި ގާބިލުކަން ހާމަވެގެންދެ އެވެ.

ވެރިކަމުގައި ނެތް ނަމަވެސް ދިވެހި ރައްޔިތުންނަށް މަންފާ ލިބޭ އެތައް ދާއިރާ އެއް ތަރައްގީ ކުރުމުގެ ފަހަތުގައިވަނީ ގާސިމްކަން ފާހަގަކޮށް ޔާމީން ވިދާޅުވީ، ގާސިމް އަމިއްލައަށް ހިންގާ ފައިދާހުރި ތަރައްގީ މަޝްރޫއުތަކުން ހުއްޓުމެއްނެތި މަންފާ ކުރަނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

ޖުމްހޫރީ ޕާޓިގައި ޒަމާނުއްސުރެ ދިވެހި ސިޔާސީ މައިދާނުގައި ނަން ހިނގާ ޕާޓިއެކެވެ. ކޮވިޑު ގެ ދުވަސްވަރު ޕާޓީއިން އިސްކުރީ ސިޔާސީ ހަރާކަތްތައް ހިންގުމުގެ ބަދަލުގައި ރައްޔިތުންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމެވެ. އެހެންކަމުން މި ބަލިމަޑުކަން ކޮންޓްރޯލު ވާން ފެށުމާއިއެކު ޕާޓީގެ މަސައްކަތް ފަށާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ކޮވިޑުގެ ދުވަސްވަރު ޕާޓިގެ ގިނަ ކައުންސިލު މެމްބަރުންތަކެއް ޕާޓީއިން ވަކިވެ، ސިޔާސީ އެހެނިހެން ޕާޓީތަކާއި ގުޅުމުން އަމާޒު ކުރި ސުވާލަށް ޔާމީން ވިދާޅުވީ، ޕާޓީ ކުރިއެރުވުމުގެ ގޮތުން ކުރެވުނު އެންމެ ބޮޑު މަސައްކަތަކީ ކައުންސިލަށް އައު މެމްބަރުން އައްޔަން ކުރުންކަމަށެވެ. ޖުމްހޫރީ ޕާޓިއިން ކުރާ އެންމް މުހިންމު މަސައްކަތަކީ ޕާޓީގެ މެމްބަޝިޕް އިތުރު ކުރުން ކަމަށާއި، މި މަސައްކަތް ވަރަށް ބާރު މިނުގައި ކުރިއަށްދާ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރޝިޕް އިތުރުކުރުމަށް ބޭއްވޭ ޖަލްސާތައް ފިޔަވައި ވެސް ވަރަށް ގިނަ ސިޔާސީ މަސައްކަތް ޕާޓީއިން ކުރަމުނެދާކަމަށް ޖޭޕީ ގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: