ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަގާމުތައް އަންނަ އަހަރު ހާހުން މައްޗަށް، ބަޖެޓުން 402 މިލިއަން ހަރަދުވާނެ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި އުފައްދާފައިވާ ސިޔާސީ މަގާމުތައް އިތުރުކޮށް، އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ހާއްސަކޮށް 402 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ސިޔާސީ މަގާމުތައް އަހަރުން އަހަރަށް އިތުރުވެފައިވާއިރު، 2019 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތައް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރާއި އަޅާ ބަލައި މަދު ވާނެ ކަމަށެވެ. އޭރު ރައީސް ވިދާޅުވީ ގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބެވީ، 337 ފަރާކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ އެކި މަގާމުތަކާއި، މިނިސްޓްރީގެ މަގާމުތައް ހިމަނައިގެން 465 ފަރާތެއް މަގާމުތަކުގައި ތިއްބެވިއިރު، ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރަށް އެ އަދަދުތައް ”ހިފެހެއްޓޭ“ ކަމަށެވެ.

އޭގެ ކުރިން ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވީ ސަރުކަރު އުފެދިގެން އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވީ މިއީ ކޯލިޝަން ވެރިކަމެއްކަމުން ޕާޓީތަކުން ބޭނުންވާ ގޮތަށް ސިޔާސީ މަގާމުތައް ދިނުން ކަމަށެވެ. 2019 އަކީ ރައީސް ސޯލިހު އެންމެ ގިނަ އަދަދެއްގެ ސިޔާސީ މަގާމުތައް އުފެއްދެވި އަހަރެވެ. އެކަމަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް، އޭގެ ޖެހިގެން އައި އަހަރު 2020 ގެ ބަޖެޓުގައި ޖުމްލަ 785 ސިޔާސީ މަގާމު ކަނޑައަޅަށް ބަޖެޓުގައި 331 މިލިއަން މިލިއަން ހިމެނި އެވެ. އެހެން ނަމަވެސް އަހަރު ނިމުނުއިރު އެ އަދަދު 967 އަށް އަރަ އެވެ.

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ބަޖެޓު 2022 ގައި ވާ ގޮތުން އަންނަ އަހަރު ސިޔާސީ މަގާމުތަކުގެ އަދަދު 1039 އަށް އަރާނެ އެވެ. އަލަށް އުފައްދާ މަގާމުތަކާއި، އަދި މިހާރުގެ ސިޔާސީ ވަޒީފާތަކަށް ދައުލަތުން 402 މިލިއަން ރުފިޔާ އަހަރުގެ ތެރޭގައި ހޭދަ ކުރާނެ އެވެ.

ފާއިތުވި ދެ އަހަރުގެ ބަޖެޓު ފޮތުން ދައްކާ ގޮތުން، އެންމެ ގިނަ ސިޔާސީ މަމާގުތައް އުފައްދާފައި ވަނީ ސިއްހީ ދާއިރާގެ ތެރެއިންނެވެ. ބަޖެޓުގައި ވާ ގޮތުން އަންނަ އަހަރު 138 މަގާމު ހެލްތް މިނިސްޓްރީގެ ތެރެއިން އުފައްދާނެ އެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 109 ގަ އެވެ. ދެން އެންމެ ގިނަ މަގާމުތައް ކަނޑައަޅާފައި ވަނީ ފޮރިން މިނިސްޓްރީއަށެވެ. އެއީ 109 އެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 86 ގަ އެވެ. އެއަށް ފަހު ޔޫތް މިނިސްޓްރީއަށް 2022 ގައި އަލަށް 60 މަގާމު އުފެއްދުމަށް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

2018 ވަނަ އަހަރުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީ އިން ވަނީ ރައީސް ސޯލިހްގެ ވެރިކަމުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރާނެ ކަމަށް ވައުދުވެފައެވެ. އެހެން ނަމަވެސް ރައީސް ސޯލިހްގެ ވެރިކަމުގައި ކޮންމެ އަހަރަކު ސިޔާސީ މުވައްޒަފުންގެ އަދަދު ދަނީ ގިނަ ވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: