ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސާސީ ބޭސްތައް ފާމަސީތަކުން ލިބެން ނެތްނަމަ ފިޔަވަޅު އަޅާނެ

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަސާސީ ބޭސްތަކުގެ ގޮތުގައި ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކަނޑައަޅާފައިވާ ބޭސްތައް ފާމަސީތަކުން ލިބެން ނުހުންނަމަ، އެފާމަސީތަކަށް ފިޔަވަޅު އަޅާނެކަމަށް އެއޮތޯރިޓީއިން ބުނެފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ހުސްވި އަހަރުތެރޭ އެސެންޝިއަލް މެޑިސިން ފޮރ ފާރމަސީ ނުވަތަ ފާރމަސީ ގައި ހުންނަން ޖެހޭ އަސާސީ ބޭހުގެ ގޮތުގައި ކަނޑައަޅާފައިވާ ބޭހުގެ ބާވަތްތައް ހިމަނައި އެކުލަވާލާފައިވާ ލިސްޓުގައި ފާހަގަކޮށްފައިވާ ބޭސް ތަކަކީ އަބަދުވެސް އާންމުންނަށް ލިބެންޖެހޭ ބޭސްތަކެއް ކަމަށެވެ. އެގޮތުން، ބޭސް ލިސްޓުގައިވާ ބޭސްތަކަކީ އަބަދުވެސް މެދު ނުކެނޑި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއި އެކު ފާރމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެެއް ގޮތުގައި  އޮތޯރިޓީއިން ފަހަގަކުރެއެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ، އާންމުންނާއި ޚިދުމަތް ދޭ ފަރާތްތަކުގެ ޝަކުވާވެސް މިހާރަކަށް އައިސް ލިބެމުންދާކަމަށް އޮތޯރިޓީއިން ފާހަގަކުރެއެވެ.

އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ފާރމަސީ ތަކުގައި ހީރަސް ކޮށްފައިވާ ލިސްޓްގައި ހިމެނޭ ބޭސްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމަށް ވަނީ އަންގަފައެވެ. އަދި ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީއޯއެމް) އާއި އޯވަރ ދި ކައުންޓަރ މެޑިސިން (އޯޓީސީ) ފާރމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމަށްވެެސް އޮތޯރިޓީއިން ބުނެއެވެ.

މީގެ އިތުރުން އޮތޯރިޓީއިން ވަނީ އަސާސީ ބޭސް ފާރމަސީ ތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ 3 މަހަކުން އެއްމަހު ފާރމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯރޓް ނުވަތަ ބާކީ ހުރިވަރު އިނގޭ ގޮތަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިޔުމުން ހުށަހަޅަންވާނެކަމަށްވެސް އަންގާފައެވެ. އަދި އޮތޯރިޓީއިން ފާހަގަކުރާ ލިސްޓްގައިވާ ބޭސްތައް ފާރމަސީތަކުގައި ބަހައްޓާފައި ނުވާނަމަ، ބޭހާއި ބެހޭ ގަވާއިދު ނަންބަރ R-46/2014 އާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު ނަންބަރ: 2015/29 ގެ ދަށުން ފިޔަވަޅު އަޅާނެކަމަށްވެސް އޮތޯރިޓީއިން ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: