ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީއެސްސީގެ ގަވާއިދު އިސްލާހު ކުރީ އިހުތިޖާޖަށް ހުރަސްއެޅުމަށް: އިދިކޮޅު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބެއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވެންޓުންނަށް ސިޔާސީ ހަރާކާތްތަކުގައި ބައިވެރިނުވެވޭ ގޮތަށް، ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ ހަރާކާތްތައް ހުއްޓުމަށް ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމް އިން ބުނެފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރ އަހްމަދު ޝުޖާއު ވިދާޅުވީ މި އުސޫލުތަކަކީ ޕީޕީއެމްގެ ހަރާކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކަނޑައަޅާފައިވާ އުސޫލުތަކެއް ކަމަށެވެ. އަދި ޕާޓިއިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރާކަތްތަކަށް ޖޯކު ޖަހައި މަލާމާތް ކުރުމަށް ކަނޑައެޅި އުސޫލުތަކެއް ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވިގޮތުގައި ސިވިލް ސާވެންޓުންގެ ހައްގުތައް ކަށަވަރު ކުރެވެން އޮތީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ދެމެހެއްޓިގެންނެވެ. އެހެންކަމުން ‘މިނިވަންކަމުގެ ދިފާއުގައި ދިވެހިން’ މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ ކެމްޕޭނުގެ ހަރާކާތްތަކުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއިއެކު ޝުޖާއު ވަނީ، ހައްގު ގެއްލޭ ކޮންމެ ރައްޔިތެއްގެ ހައްގު އަލުން އިއާދަކޮށް، ހައްގު އަނބުރާ ލިބެނެ މަގު ފަހި ކޮށްދޭނެ ކަމުގެ ޔަގީން ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: