ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ގިނަ ސްކޫލު ދަރިވަރުން ވަނީ ކޮވިޑަށް ޕޮޒިޓިވެފައި: އެޗްއީއޯސީ

ކޮވިޑު ސާމްޕަލް ނެގުމުގައި އެޗްޕީއޭ ހަރަކާތްތެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ކޮވިޑު ފެތުރި ހާލަތު ގޯސްވެފައިވާއިރު، ބައްޔަށް ޕޮޒިޓިވާ މީހުންގެ ތެރޭގައި ސްކޫލު ދަރިވަރުން ވެސް ހިމެނޭކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗްއީއޯސީ) އިން ބުނެފި އެވެ.

އައްޑޫގައި ކޮވިޑު ފެތުރި، ސިޓީގެ ރަށްތައް މޮނީޓަރިންގައި އޮންނަތާ ގިނަ ދުވަސްތައް ވަނީ ވެފަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިވަގުތު އައްޑޫގެ ކޮވިޑު އެކްޓިވް ކޭސްތަކުގެ އަދަދަކީ 356 އެވެ. އެއީ ހިތަދޫއިން މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދާ 173 މީހަކާއި، ފޭދޫއިން ޕޮޒިޓިވްވި 62 މީހުން އަދި މަރަދޫ ފޭދޫން ޕޮޒިޓިވް ވި 08 މީހުންގެ އިތުރުން ހުޅުދޫއިން ޕޮޒިޓިވްވި 07 މީހުން އަދި މީދޫއިން ޕޮޒިޓިވްވި 29 މީހެކެވެ. 

”ސަންގު“ އާއި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ އެޓޮލް ކްލަސްޓާރ އަބްދުﷲ މައުރޫފް ވިދާޅުވީ އައްޑޫގެ އާބާދީގެ ބޮޑު އިންސައްތައެއް ކޮވިޑު ވެކްސިން ފުރިހަމަކޮށްފައި ވީ ނަމަވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާ ކަމަށެވެ. މިވަގުތު އައްޑޫގެ އެކްޓިވް ކޭސްތައް ވެސް ގިނަކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، ގިނަ އަދަދެއްގެ ސްކޫލު ދަރިވަރުންނަށް ބަލި ޖެހި އެ ކުދިންނާއި ކޮންޓެކްޓު ވީ ދަރިވަރުން ތިބީ ކަރަންޓީނުގައި ކަމަށެވެ.

ހާލަތު ގޯސްވުމުގެ ސަބަބުން އިތުރު ފިޔަވަޅުތަކެއް ސްކޫލުގައި އަޅާނެތޯ ސުވާލު ކުރުމުން މައުރޫފް ވިދާޅުވީ، ހާލަތު އިތުރަށް ގޯސްވެ އަދަދުތައް ދަށް ނުވާނަމަ އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ބަދަލު ކުރެވޭނެ ކަމަށެވެ. ނަމަވެސް މިވަގުތަށް އެފަދަ ވިސްނުމެއް ގެންގުޅޭކަން ނުވަތަ ނޫންކަން އޭނާ ހާމައެއް ނުކުރެ އެވެ.

މައުރޫފް ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި ގުޅިގެން އައްޑޫގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫ، މީދޫގެ ހާލަތު ވެސް މޮނީޓާކޮށް ވަކި ގަޑިތަކެއްގައި ކާފިއު ހިންގަމުން ދާ ކަމަށެވެ.

އައްޑޫގައި ރޭގަނޑު ވަގުތު ކާފިއު ހިންގުން ނޫން މާ ބޮޑު ފިޔަވަޅެއް އަޅާފައި ނުވާއިރު މައުރޫފްގެ އިލްތިމާސަކީ ރެސްޓޯރަންޓު ކެފޭތަކުން ވެސް ވީހާވެސް ބޮޑަށް ސާފުތާހިރުކަމަށް އިސްކަން ދީ އެސްއޯޕީތަކާއި އެއްގޮތަށް އަމަލު ކުރުމެވެ. އަދި ގަވައިދާއި އެއްގޮތަށް ފިޔަވަޅު އަޅާފައިވޭތޯ ބެލުމަށް އިންސްޕެކްޝަންތައް ކުރިޔަށް ގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މައުރޫފް ވިދާޅުވީ އައްޑޫގެ އާބާދީގެ 90 އިންސައްތަ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށެވެ. އެހެންވެ އައްޑޫއަށް ދަތުރު ކުރުމަށް މިހާރު ޕީސީއާރު ޓެސްޓެއް ބޭނުމެއް ނުވާނެ އެވެ.

އައްޑޫގެ ހާލަތު ގާތުން ބެލުމަށް އެޗްޕީއޭގެ ޓީމެއް ދާދިފަހުން ޓީމެއް ވެސް ހިތަދޫއަށް ދަތުރު ކުރި އެވެ. އައްޑޫގައި ކޮވިޑަށް ފަރުވާ ކުރުމަށް އެކަށީގެންވާ ވަސީލަތްތައް އެބަހުރިތޯ ސުވާލު ކުރުމުން މައުރޫފް ވިދާޅުވީ ހިއުމަން ރިސޯސަސްގެ ކޮންމެވެސް ވަރެއްގެ ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި ވަސީލަތްތަކުގައި ޝޯޓޭޖެއް ހުރި ނަމަވެސް މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިޔަށްދާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭގެ ވެސް އަދި އެޗްއީއޯސީގެ ވެސް އިލްތިމާސަކީ ކަނޑައެޅިފައިވާ އުސޫލުތަކާއި ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކޮށް އައްޑުގައި ކޮވިޑު ހާލަތު ހަމައަކަށް އެޅުވުންކަމަށް މައުރޫފު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: