ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސްޓް ލޭޑީ ފަޒްނާ، މުލަ މޯލްޑިވްސް ބްރޭންޑް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މުލަ މޯލްޑިވްސް ބްރޭންޑް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު ކުރިއަށްދިޔައީ އިއްޔެ ހަވީރު ރާޅުގަނޑު ސަރަޙައްދުގައެވެ.

މުލަ މޯލްޑިވްސް އަކީ ދިވެހި ބްރޭންޑެކެވެ. މި ބްރޭންޑް އިފްތިތާޙުކުރުމުގެ ގޮތުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމް.ބީ.ބީ.އޭ) އިން ވަނީ މިމަހުގެ 17 އިން 19 އަށް ބޮޑީބޯޑިން މުބާރާތެއް ބާއްވާފައެވެ. މި މުބާރާތުގައި 28 ސާރފަރސް ވާދަކޮށްފައިވެއެވެ.

މި މުބާރާތުގެ ފައިނަލަށްފަހު، ރަސްމީކޮށް ބްރޭންޑް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ވަނީ ކުރިއަށްގެންގޮސްފައެވެ.

މުލާ ބޮޑީބޯޑިންގ ޗެލެންޖް ނިމުމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި މުބާރާތުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: