ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ބަލި ޖެހިފައިވާ މީހުންނަށްވެސް އާ ވޭރިއަންޓް ޖެހުމުގެ ފުރުސަތު ބޮޑު: އެޗްޕީއޭ

ޑރ. ނަޒްލާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ އާ ވޭރިއަންޓް ”ކޮމިކްރޯން“، ޑެލްޓާ ވޭރިއަންޓަށް ވުރެ ހަލުވިކޮށް ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

މިހާރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރެމުންދާތީ އެޗްއޯސީން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ”އޮމިކްރޯން“ ވޭރިއަންޓަކީ ބަލި ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް ވެސް އަލުން ބަލި ޖެހުމުގެ ފުރުސަތު ބޮޑު ވޭރިއަންޓެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކޮށްފައިވާ ކަމަށެވެ.

”އެންމެ ކަންބޮޑުވާ ކަމަކީ މި ވޭރިއަންޓަކީ މިހާތަނަށް އެންމެ ގިނަ މިއުޓޭޝަންސް ހުރި ކަމަށް ފެނުނު ވޭރިއަންޓް. ހާއްސަކޮށް ވައިރަސް ހަށިގަނޑުގެ ސެލް އަށް ވަންނަން އެ ބޭނުންކުރަން ބޭނުންކުރާ ވައިރަސްގެ އޭރިއާގެ މިއުޓޭޝަންސް ގިނަ ކަމަށް ފާހަގަކުރެވޭ. އެހެންވީމަ ސައިންސްވެރިންނަށް ލަފާކުރެވެނީ ފަަހަރުގައި ހަމަ މި ބަލި ޖައްސާ މިންވަރު ވެސް އިތުރުވެދާނެ ކަމަށް،“ ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ވެކްސިންގެ އަސަރު އާ ވޭރިއަންޓަށް ކުރަނީ ކިހާ މިންވަރަކަށްކަން އަދި ދެނެގަނެވިފައިނުވާކަމަށާއި، ބަލީގެ ހާލަތު އިތުރަށް ދިރާސާކުރަމުން އަންނަކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ 308 ސާމްޕަލް ބޭރަށް ސީކުއެންސަށް ފޮނުވާކަމަށާއި، ކޮންމެ ހަފްތާއަކު 50 ސާމްޕަލް ގަވާއިދުން އިންޑިއާއަށް ފޮނުވަމުން އަންނަކަމަށެވެ. އެގޮތުން 13 އޮގަސްޓްގެ ފަހުން 750 ސާމްޕަލެއް މިހާތަނަށް ފޮނުވާފައިވާކަމަށެވެ.

ޕޮޒިޓިވް ސާމްޕަލްތައް ސީކުއެންސް ރާއްޖެއިން ނުކުރެވުނަސް ޤަވާއިދުން މިކަން ކުރަމުން އަންނަކަމށާއި، މިހާތަނަށް ބެލިބެލުމުން ޑެލްޓާގެ ވޭރިއަޏްގެ ވައްތަރުތައް ރާއްޖޭގައި ހުރިކަން ފާހަގަކުރެވޭކަމަށެވެ. އަދި ރާއްޖޭގައިވެސް ޥޭރިއަންޓް ސީކުއެންސް ލެބް ޤާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: