ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ އިންސާފުވެރިގޮތަކީ ޖެންޑާގެ މުވައްޒަފުން އެހެން އޮފިސްތަކަށް ބަދަލުކުރުން: މުއިއްޒު

މާލެ ސިޓީ ކައުންސިލުގެ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖެންޑަރ މިނިސްޓްރީން އިއްޔެ ވަކިކުރަން ނޯޓިސް ފޮނުވި 21 މުވައްޒަފުން އެހެން އޮފީސްތަކަށް ބަދަލުކުރުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ދެކެވަޑައިގަންނަވާކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޖެންޑާ އިން ބުނެފައި ވަނީ ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނޯޓިސް ދިނީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން ގިނަ މުވައްޒަފުންތަކެއް މިވަގުތަށް ބޭނުންނުވާތީ ކަމަށެވެ.

މިކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ ސިޔާސަތަށް އައި ބަދަލެއްގެ ސަބަބުން ވިލިމާލޭގައި މަސައްކަތްކުރާ ޖެންޑަރ މިނިސްޓްރީގެ 21 މުވައްޒަފަކު މަގުމަތިވާނޭގޮތަށް ކަންތައްކޮށްފައިވާކަމަކީ ވަރަށް ހިތާމަހުރިކަމެއްކަމަށެވެ.

އެ މުވައްޒަފުން މަގުމަތިވިޔަ ނުދީ އެހެން އޮފީސްތަކަށް ބަދަލުކޮށްދިނުމަކީ އެންމެ އިންސާފުވެރިކޮށްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް މޭޔަރު މުޢިއްޒު ވިދާޅުވިއެވެ.

ވަޒީފާ އިން ވަކިކުރަން ނޯޓިސް ދިން މުވައްޒަފުން ވަނީ މޭޔަރު މުއިއްޒުއާ ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް މުއިއްޒުއާ ހިއްސާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: