ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރީ ފީ ނުދައްކާ 3،900 އަށްވުރެ ގިނަ ކުންފުނި އުވާލަނީ

މާލެސިޓީގައި ހުރި އަތޮޅު ފިހާރައެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރީ ފީ ދައްކާފައިނުވާތީ 3900 އަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކަނޑައަޅައި، އެކުންފުނިތަކުގެ ލިސްޓު އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކުންފުނި އުވައިލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދެވަނަ މާއްދާގެ ދަށުން އަހަރީ ފީ ދައްކާފައިނުވާތީ 3967 ކުންފުނި އުވާލަން ނިންމާފައިވާ ކަމަށެވެ.

ލިސްޓުގައި ހިމެނޭ ކުންފުނިތައް ހިންގަން ބޭނުންނަމަ، އެ ކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ފުރިހަމަކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއިއެކު، ކުންފުނި ހިންގަން ބޭނުންވާކަން އަންގައި އަންނަ މަހުގެ 22 ގެ ކުރިން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.

މީގެއިތުރުން ލިސްޓުގައިވާ އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްނަމަ ނުވަތަ އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްނަމަ، އެކަމާގުޅޭ ތަފުސީލުތައް 31 ޖެނުއަރީގެ ކުރިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މިނިސްޓްރީން ވަނީ މި މުއްދަތުގެ ތެރޭގައި ތަފުސީލު ހުށަހަޅާފައިނުވާނަމަ، ދަރަންޏެއް ނުވަތަ ދައުވާއެއް ނެތް ކަމަށް ބަލާނެ ކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: