ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނަށް ފުރައްސާރަ މީހާއަށް އަދަބު ނުދެވެނީ ކީއްވެ؟

އީދުގެ ނަމާދު ޖަމާއަތުގައި މާލޭގައި/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތްތަކަކީ މާތް ﷲ ބިންމަތީގައި ލައްވާފައިވާ އެކަލާނގެ ގެކޮޅެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މިސްކިތެއް ނަމަވެސް، އެމިސްކިތަކީ މާތް ﷲ ގެ ގެކޮޅަށް ވެފައި އެކަލާނގެއަށް ލޮބުވެތިވާ ފަރާތްތަކުން އެކަލާނގެ ގެކޮޅަށް މާތްކޮށްހިތައި އަދަބުތައް ދެމެހެއްޓުމަކީ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމަކުވެސް އަދާ ކުރަން ޖެހޭ ވާޖިބެއްކަން އަޅުގަނޑުމެން އެންމެން ވެސް ދަންނަމުއެވެ.

ކަންމިހެން އޮތް ނަމަވެސް ސައްތައިން ސައްތަ މުސްލިމް ދިވެހި މުޖުތަމައުއިން ފެނިގެންދަނީ މިސްކިތުގެ ހުރުމަތް ކަނޑާލާއި މުދިމަށް ހަމާލާ ދީ، ހަތިމަށް ރަތް ކުޅު ޖެހުން ފަދަ ދީނުގެ ހަމަތައް ގެއްލި މިސްކިތުގެ ހުރުމަތް ކެނޑިގެންދާ ފަދަ އަމަލު ހިންގާ މައްސަލަ އެވެ. މިފަދަ އަމަލު ތަކާއި މައްސަލަތައް މިއަދުގެ މުޖތަމައު ގައި އާއްމު ވަމުންދާއިރު، އުފެދޭ ސުވާލަކީ ސަރުކާރުން މިފަދަ ކަންތަކާއި މެދު އަޅަނީ އެންމެ އެކަށީގެންވާ ފިޔަވަޅުތޯއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން “ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް” ގެ ނަމުގައި ނެރުނު ގާތްގަނޑަކަށް 125 ސޮފުހާގެ ރިޕޯޓުގައި މާތް ﷲ ގެ މަތިވެރިޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފެއްދުމާއި އެކު ﷲ ވޮޑިގެންވާކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ބުނެފައި އޮތް އޮތުމަށް އިންކާރުކޮށް ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސްފުޅުތަކުގައިވާ ކަންކަމުގައި ޝައްކު އުފައްދައި އެބަސްފުޅުތައް ދޮގުކޮށް، އިސްލާމީ ޝަރީއަތަކީ އުނި، ޒަމާނަށް ނުފެތޭ އެއްޗެއްކަމުގައި ދައްކާފައިވެއެވެ. ދިވެހި މުޖުތަމައު އަކީ އިސްލާމް ދީނަށް ބޯލަނބައި ދީނުގެ ހަމަ ތަކުގެ މަތީ ފައިތިލަ ސާބިތުކޮށްގެން ތިބި ބައެއްކަމަށް ސަރުކާރުން ބުނަމުން ގެނދިޔަ އިރު، އެމްޑީއެންގެ މި މައްސަލައިގައި ސަރުކާރުން ފިޔަވަޅު އެޅީ ދީނުގެ އަގު ވެއްޓި، މަސްލަހަތު ހައްދު ފަހަނަ އަޅާ ދިޔަ ފަހުންނެވެ.

ގުރްއާނަށް އެއްވެސް އުނި އިތުރުކަމެއް އައިސްފައި ނުވާކަމަށް ބުނާ ވާހަކައަކީ، ހަމައެކަނި މުސްލިމުންގެ ޚިޔާލުކަމުގައްޔާއި، އެއީ ތެދު ޙަޤީޤަތެއް ނޫން ކަމަށް ބުނެ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި ހަގިގަތާއި ހިލާފު އެތައް ވާހަކެތަކެއް ހިމާނާފައިވާއިރު، އެމައްސަލައިގައި ހާލަތު އިންތިހާއަށް ގޯސް ވުމުން ފިޔަވަޅު އެޅި ސަރުކާރަކުން، މިހާރު މިފެންމަތި ވަމުންދާ މައްސަލަތަކުގައި ފިޔަވަޅު އަޅާނީ ކޮން ދުވަހަކުންތޯއެވެ.

ޖުލައި މަހުގެ 21 ވަނަ ދުވަހު މާލޭގެ ހުކުރު މިސްކިތަށް އަރައި ބިދޭސީ އަންހެނަކު އެ މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް އަޅުކަމެއް ކުރާ މަންޒަރު ފެންނަ ވީޑިއޯއަކުންނެވެ. ވީޑިއޯގައި އަންހެން މީހާ، “މެޑިޓޭޝަން” ގައި އިންނައިރު، އޭނާގެ ކުރިމަތީގައި އެއްޗެއް އޮތް މަންޒަރުފެނެއެވެ. އެހެން ދީނުތަކުގެ އަޅުކަން ކުރާ އިރު، މިފަދައިން އަމަލު ކުރާކަން ފާހަގަކުރަން ޖެހެއެވެ.

މި މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ބިދޭސީ އަންހެން މީހާގެ ފަރާތުން ފެނުނީ ހުކުރު މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ކަމެއް ނޫން ކަމަށެވެ. ބިދޭސީ އަންހެން މީހާ ދިފާއު ކުރަމުން މިނިސްޓަރ ވަނީ، މާލޭ ހުކުރު މިސްކިތަށް އެ މީހާ އެރީ އެ މިސްކިތަކީ ރާއްޖޭގެ އާސާރާއި ތަރިކައެއްގެ ގޮތުގައި ކަނޑައެޅިފައި ތަނެއްކަމުގައިވުމުން އެކަމަށް ހުއްދަ އޮތުމުން ކަމަށް ވިދާލުވެފައެވެ.

ހަމައެއާއި އެކު އޮކްޓޯބަރު މަހުގެ 3 ވަނަ ރޭ އިސްލާމީ މަރުކަޒުގައި މަޢްރިބު ނަމާދު ކުރަމުންދަނިކޮށް އިމާމާ ގެ ކުރިމައްޗަށް އަރައި ކުޑަ ކަމު ދިޔަ މ. ޝޭޑީްހޯމް، ހަސަން ޒިޔާދު މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ އެތައް އަމަލެއް ހިންގާފައެވެ. ނަމަވެސް، އޭނާއަށް ދެވުނު ވަކި އަދަބަކީ ކޮބައިތޯ؟ އިސްލާމީ މަރުކަޒާއި، ހުކުރު މިސްކިތުގެ އިތުރުން ރައީސް އޮފީހުގެ ކުރިމައްޗަށް އޭނާ ކުޑަކަމުދިޔަ ކަމުގަިއ ވިއަސް، ބަނދުގައި ބެހެއްޓުމަށް ފަހު އޭނާ ދޫކޮށްލީ ނަފްސާނީ މައްސަލަ ހުރި މީހެއް ކަމުގައި ބުނެއެވެ.

ދާދި ފަހުން މިސްކިތުގެ ހުރުމަތް ކަނޑާލާ، މިސްކިތުގެ ފަންކާގައި ހެދުން ހިއްކަން އެޅުވި 39 އަހަރުގެ ފިރިހެނާ، އޭނާ ބަންދަށް ޖަހަން ކޯޓަށް ގެންދިއުމުން ހިންގި އަމަލަށް އެއްބަސްވެ، އޭނާ ބުނީ އޭނާގެ ނަފްސު “ސިސްޓަމް އެރާ” އެރީ ކަމަށެވެ. މިސްކިތުގެ އަދަބުތަކާއި ހިލާފަށް، މާތްވެގެންވާ އިލާހުގެ ގެކޮޅުގެ މާތްކަން ގެއްލޭ ފަދަ މިފަދަ ގިނަ އަމަލުތަކެއް ހިންގަމުންދާ އިރު އުފެދޭ ސުވާލަކީ ސަރުކާރުން މިކަންތައް ބެލުމުގައި “ސިސޓަމް އެރާ” އެރީތޯއެވެ.

ދިވެހިރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑު 7 ގައި ކިޔަވަމުން އަންނަ ދަރިވަރުން އިސްލާމްދީނާއި ދީނުގެ ކަންތައް އުނގެނުމަށް ބޭނުންކުރާ “އިސްލާމީ ތަރުބިއްޔަތު 7” ގައި ލިޔެފައިވަނީ މިސްކިތަކީ މާތް ﷲ ގެ ގެކޮޅުކަމަށްވާއިރު، އަދި މިސްކިތަށް ދާދިއުމަކީ ހާލިގުވަންތަ މާތްﷲ އަށް މުނާޖާ ދަންނަވައި އެކަލާނގެއަށް އަޅުކަން އަދާކުރުމަށް ދާދިއުމެއްކަމަށެވެ. ސްކޫލުން އިލްމު އުނގަންނައިދިނުމުގައި މިފަދައިން ކިޔަވައިދިން ނަމަވެސް، މުޖުތަމައު އިން ފެނިގެން ދަނީ މާ ތަފާތު، ފޮތުގައި ލިޔެވިފައިވާ ވާހަކައިގެ އިދިކޮޅެވެ. މިއަދު ރާއްޖޭގެ އެކި ހިސާބުތަކުގައި ދީނަށް ފުރައްސާރަ ކޮށް، ދީނާ ފުށުއަރާފަދަ އަމަލުތައް ކުރުން ހުއްޓާލަން ޖެހެނީ މިއަދުގެ ކިޔަވާ ދަރިވަރުން، މާދަމާގެ މުސްތަގުބަލު އުޖާލާކޮށް، މި ކުދިންގެ އަމަލުތައް ބައްޓަން ކުރުމުގައި ނަމޫނާ ދެއްކުމުގެ ގޮތުންނެވެ.

މިފަދަ އަމަލުތައް ހިންގުން ހުއްޓުވޭނީ ސަރުކާރުގެ މަސަކަތްތައް ހަރުދަނާ ކުރެވި، ކުށުގެ އަދަބު ތަންފީޒު ކުރެވުމުންނެވެ. މިއަދު މިސްކިތުގެ ހުރުމަތް ކަނޑާލައި، ހެދުން ހިއްކަން އަޅުވައި، މަސްތުވާ ތަކެތި ބޭނުންކޮށް ނޭއްގާނީ އަމަލު ހިގުވާ ފަދަ ތަނަކަށް އާއްމުން ހަދަމުން ދަނީ ސަރުކާރުން ކަންތައް ކުރާ ގޮތުގެ ސަބަބުންނެވެ. މިފަދަ ދީނާ ހިލަފު އަމަލު ހިންގާ މީހުން ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށްފަހު، މިނިވަން ކުރެވެނީ އެމީހަކީ ނަފްސާނީ ކޮންމެވެސް މައްސަލައެއްގެ ޝިކާރައެއް ކަމަށް ބުނަމުންނެވެ.

މިއީ ސަރުކާރުން މިފަދަ މައްސަލަތަކުގައި އަމަލު ކުރަން ޖެހޭ ގޮތް ނޫން ކަމަށް ގިނަ ބަޔަކުގޮވާލަމުންދާ އިރު، ޒިންމާދާރު ސަރުކާރަކުން މިފަދަ އަމަލެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކަންތައް ކުގޮތުން ރާއްޖޭގެ ސަރުކާރުން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ޖެހެއެވެ. ގިނަ އާއްމުންތަކެއް މިއަދު ދީނުގެ އަސްލާއި އުސޫލު ހިމާޔަތްކޮށް ދެމެހެއްޓުމަށް ގޮވާލަމުންދާ އިރު، ސަރުކާރުން މިވަނީ އާއްމުންގެ ގޮވާލުމަށް އިޖާބަ ދިނުމަށް ފެއިލް ވެފައެވެ.

ދީނާއި، މިސްކިތުގެ ހުރުމަތް ކަނޑާލާ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގެ ސަބަބުން ގިނަ އެރާތަކެއް އަރަމުންދާ އިރު، މިއަދު ގަބޫލުކުރަންޖެހިފައިވާ ދަތި ހަގީގަތަކީ އިޖްތިމާއީ މިފަދަ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރު މިވަނީ “ސިސްޓަމް އެރާ” އަރާފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: