ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނުގެ ހުރުމަތް ކަނޑާ މީހުން ޑީޕޯޓްކޮށްލުމުގެ ކުރިން މޯޓިވް ދެނެގަތުން މުހިންމު: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިސްލާމީ ވަހުދަތު ގެއްލޭގޮތަށް އަމަލުކުރާ މީހުން ޑީޕޯޓްކޮށްލުމުގެ ކުރިން އެކަން ތަހުގީގްކުރުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް ޢުމަރު ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ގއ.ކޮނޑޭ ސްކޫލުގައި ކިޔަވައި ދެމުންދާ އިންޑިއާ ޓީޗަރަކު، ކީރިތި ޤުރުއާން ބިންމައްޗަށް އެއްލާލި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ވަހުދަތު ގެއްލޭގޮތަށް ހިންގަމުންދާ ކަންކަން ތަހުގީގު ކުރުމަށާއި، އިސްލާމްދީނުގެ ހުރުމަތް ކަނޑާ މީހުން ޑީޕޯޓްކޮށްލުމުގެ ކުރިން އެކަންކުރުމުގެ މޯޓިވް ދެނެގަތުމަށް ތަހުގީގް ކުރުމަށް ގޮވާލައްވާކަމަށެވެ.

ކޮނޑޭ ސްކޫލްގައި ކުދިން ލައްވާ ކްރިސްމަސް ޓްރީ ހެއްދުވި މައްސަލައަކާއި އިންޑިޔާ ޓީޗަރަކު ގުރްއާން ބިންމައްޗަށް އެއްލައިލިކަމަށް ބުނާ މައްސަލައެއް ފެންމަތިވީ އިއްޔެގެ ވަގުތެއްގައެވެ.

ގުރްއާން އެއްލައިލިކަމަށް ބުނާ މައްސަލާގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންތް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ގުރްއާން އެއްލައިލީކަމަށް ބުނެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވަނީ ނުބައިކޮށް ކަމަށެވެ. ކްލާހުގައި ކިޔަވައިދެމުން ދަނިކޮށް މޭޒުމަތީގައި ހުރި ފޮތްތަކެއް ޓީޗަރު އަތުން ވެއްޓުނީ ކަމަށާއި ވެއްޓުނު ފޮތްތަކުގެ ތެރޭގައި ހިމެނެނީ އިސްލާމް ފޮތަކާއި އެހެނިހެން މާއްދާތަކުގެ ފޮތްތަކެއް ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: