ފުލުހުން ބޭނުން ކޮށްގެން އިދިކޮޅުގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އިދިކޮޅުން ހުކުރު ދުވަހުގެރޭ ”ކޮތަރު ކޮށި“ ގެ ނަމުގައި ޖަލްސާއެއް ބާއްވަން އުޅުމުން އެކަން ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ހުއްދަ ނުނަގައި އެ ޖަލްސާގައި ހުޅުމާލޭގައި ނުބޭއްވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ހުކުރު ދުވަހުގެ ރޭގެ ޖަލްސާއަކީ ސުލްހަވެރި އެއްވުމެއް ކަމަށާ އެ ޖަލްސާ ބޭއްވުމުގެ ފުރުސަރު ދެއްވަން ޖެހޭ ކަމަަށެވެ. އަދި ތަހުޒީބު ގޮތަކީ އެއީ ކަމަށް ވިދާޅުވިއެވެ.
އަދި އެޗްޑީސީގެ ޑިސްޕިއުޓްއަކާއި ހެދި ޖަލްސާ ބޭއްވުމަށް ހުރަސް އެޅުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަަށެވެ. އާދަމް ޝަރީފް ވިދާޅުވީ ފުލުހުން ބޭނުންކޮށްގެން އިދިކޮޅުގެ އަޑު ކަނޑުވާނުލެވޭނެ ކަމަށެވެ.
އިދިކޮޅުގެ ޖަލްސާގެ ތައްޔާރީތައް ފަށަން އުޅުމުން އެޗްޑީސީ އާއި ފުލުހުން އަންނަނީ ހުރަސް އަޅަމުންނެވެ.

