ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު މިއަދު އޭސީސީއަށް ހާޒިރު ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ވާން އަންގައިފި އެވެ.

މުއިއްޒުއަށް އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު މެންދުރު 02:00 އަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު މިކަން ހާމަކުރިއިރު، އޭސީސީއަށް ހާޒިރު ކުރަނީ ކޮން ކަމަކާ ގުޅިގެންކަން ސާފުނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭސީސީ އަށް ހާޒިރުވާން އެންގީ ބިރު ދެއްކުމުގެ ގޮތުން ކަމަށާއި ނަމަވެސް އެކަމާ ޖެހިލުންވެވަޑައިނުގަންނަވާ ކަމަށެވެ.

މީގެކުރިންވެސް އެކި މައްސަލަތަކުގައި މުއިއްޒު އޭސީސީއަށް ހާޒިރު ކޮށްފައިވެއެވެ. އަދި ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއް ދިންކަމަށްބުނެ ދައުވާ އުފުލާ އެ މައްސަލައިގެ ޝަރީއަތް އަންނަނީ ހިންގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: