ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭޝަނަލް އިންޓަގްރޭޝަން ޕާޓީގެ ނަމުގައި ސިޔާސީ ޕާޓިއެއް އުފެއްދުމަށް ހުއްދަ ދީފި

އައު ޕާޓިއެއް އުފެއްދުމަށް އެލެކްޝަން ކޮމިޝަނުން ހުއްދަ ދިނުން
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް އިންޓަގްރޭޝަން ގެ ނަމުގައި ސިޔާސީ ޕާޓިއެއް އުފެއްދުމަށް ހުއްދަ ދީފިއެވެ.

އެލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކުރި ޓްވީޓެއްގައި ހާމަކޮށްފައިވަނީ ރާއްޖޭގައި ނޭޝަނަލް އިންޓަގްރޭޝަން ޕާޓީގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ ހުއްދަ ކޮމިޝަނުން ދީފައިވާ ކަމަށެވެ.

ޕާޓީ އުފެއްދުމަށް ކުރަންޖެހޭ ކަންތައް ކުރުމަށް އެލެކްޝަން ކޮމިޝަނުން ހުއްދަ ދީފައިވަނީ އައްޑޫ ހުޅުދޫ ރަސްގެދަރު މުހައްމަދު ޔާސީނަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިން ޔާސީނަކީ “އެކުވެރި ސުވަދީބު ޕާޓީ”ގެ ނަމުގައި ވެސް ޕާޓީ އުފެއްދުމަށް ހުށަހެޅި ފަރާތެކެވެ. ނަމަވެސް އޭރު އީސީން އެކަމަށް ހުއްދަ ނުދިނީ ދިވެހި ރާއްޖޭގެ ގާނޫނުގައި ސިޔާސީ ޕާޓީއެއް ހެދުމަށް ވަކި މީހެއްގެ ނަމެއް ނުވަތަ ރާއްޖޭގެ ވަކި ސަރަހައްދެއްގެ ނަމަކަށް ނިސްބަތްކޮށް ޕާޓީގެ ނަން ނުކިޔޭނެ ކަމަށް ބަޔާންކޮށްފައި ވާތީ އެވެ.

2023 ގެ ރިޔާސީ އިންތިހާބަށް އަމާޒުކޮށް ސިޔާސީ ޕާޓީތައް އެކުލަވާލުމުގެ މަސައްކަތައް ކުރިޔަށްދާއިރު، މިހާރުވެސް 11 ސިޔާސީ ޕާޓީއެއް އިލެކްޝަންގެ ދަފްތަރުގައިވެ އެވެ. އެންމެ ދަހުން އިލެކްޝަނުން ރަޖިސްޓްރީކުރީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: