ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެން ހިންދަން ބޭނުންކުރާ ޕަމްޕުތައް ކައުންސިލާ ހަވާލުކުރަން މުއިއްޒު ގޮވާލައްވައިފި

މާލެ ސިޓީ ކައުންސިލުގެ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕުތައް ނުބެލެހެއްޓި އޮޕަރޭޓް ނުކުރެވޭ ނަމަ، ސިޓީ ކައުންސިލާ އެ ޕަމްޕުތައް ހަވާލުކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެމްޑަބްލިއުއެސްސީ އަށް ގޮވާލައްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ މާލޭގައި ފެން ހިންދުމަށް ބޭނުންކުރާ ސްޓޯމް ވޯޓާ ޕަމްޕްތައް ރަނގަޅަށް ނުބެލެހެއްޓޭނަމަ އެ ޕަމްޕްތައް ސިޓީ ކައުންސިލާ ހަވާލުކުރުމަށް ގޮވާލާފައެވެ.

ފަންނީ ބޭފުޅުންނާ ހަވާލާދެއްވާ މުއިއްޒު ވިދާޅުވީ ފެން ކުންފުނިން ޕަމްޕްތައް ބަލަހައްޓާ ގޮތުން އެ ޕަމްޕްތަކުގެ ކެޕޭސިޓީއާ އެއްވަރަށް ފެން ހިންދުމުގެ މަސައްކަތް ޕަމްޕްތަކުން ނުކުރެވޭ ކަމަށެވެ.

އިއްޔެ ކުރި ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި، އެއްގަމު އުޅަނދު ފަހަރު ދުއްވާ މީހުންނަށް އެކި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: