ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޕޯން ޕެއިންޓް “އެކުލަ މިކުލަ” ޕްރޮމޯޝަން ފަށައިފި

ނިޕޯން ޕެއިންޓް އެކުލަ މިކުލަ ޕްރޮމޯޝަން / އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންއިން އަހަރު ނިންމުމާއި ދިމާކޮށް “އެކުލަ މިކުލަ” ނަމުގައި ނިޕޯން ޕެއިންޓަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިޕްރޮމޯޝަން ފަށައިފާވަނީ ޑިސެންބަރ މަހުގެ 12 ވަނަ ދުވަހު ކަމަށްވާއިރު، މިޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާއެވެ.

ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި 20 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

މިޕްރޮމޯޝަން ކުރިއަށް ދާނީ 12 ޑިސެމްބަރ 2021 އިން 12 ޖެނުއަރީ 2022 ގެ ނިޔަލަށް އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގައެވެ. މީގެ އިތުރުން މިޕްރޮމޯޝަން ހިނގަމުންދާ އިރު، ޕެއިންޓް އައިޓަމްސް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މިގޮތުން 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަފްތާއަކު އެއް ފަހަރު ނެގޭ މި ލަކީޑްރޯގެ އިތުރުން މި ޕްރޮމޯޝަން ނިމުމުން ނަސީބުވެރި 3 ފަރާތެއް ހޮވައި، އެއިން ކޮންމެ ފަރާތަކަށްވެސް ޑުބާއީ ދެކޮޅު ޓިކެޓް ލިބިގެންދާނެއެވެ. އެސްޓީއޯއިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓް އަކީ  ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: