ރައްޔިތުން އިންޑިޔާ އައުޓް ކިޔާނެ ކަމަށާއި އެކަމެއް ނުހުއްޓުވޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ އިންޑިއާ އައުޓާ ދެކޮޅަށް ނަޝީދު މިއަދު ޓްވީޓެއް ކުރެއްވުމުންނެވެ. އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ ”އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ“ ކަމަށެވެ.
ރައީސް ނަޝީދު ދެއްކެވި ވާހަތަކަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ އިންޑިއާ އައުޓް ކިޔަނީ ރާއްޖޭގައި އޮތް އިންޑިޔާގެ ދައުރު ދިވެހި ރައްޔިތުންނަށް އޮޅިފައި ނެތީމަ ކަމަށެވެ.
“ރައްޔިތުންނަށް އިންޑިޔާ އައުޓް ކިޔޭނެ. ކިޔާނެ. އެ ކަމެއް ނުހުއްޓުވޭނެ. އެ ކަން ދާނީ ކުރިއަށް. ދިވެހި ރައްޔިތުން މިތިބީ ހޭލާ. މީ ދިވެހީންގެ ދިވެހި ރާއްޖެ.” އަދުރޭ ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު އަންނަނީ ”އިންޑިއާ އައުޓް“ ކެންޕެއިން ފުޅާކުރަން އަތޮޅު ތެރެއަށް ދަތުރުފަށާފައެވެ.

