ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިކަލް ބުރު ރޫޅާލީ އިންޑިޔާގެ މުށުތެރޭގައި ފިތިފައިހުރި ރައީސް ނަޝީދުގެ ޓުވީޓަކާއެކު: އިދިކޮޅު

އިދިކޮޅުން މީގެ ކުރިން ކުރިއަށްގެންދިޔަ ހަރަކާތަކަށް ފުލުހުން ހުރަސް އަޅަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސައިކަލް ބުރު ރޫޅާލީ އިންޑިޔާގެ މުށުތެރޭގައި ފިތިފައިހުރި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ޓުވީޓަކާއެކުގައިކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަންއިން ދިވެހިރާއްޖޭގެ ފަސްގަނޑުގައި އިންޑިއާ ސިފައިންނަށް ޤާއިމުވެ ތިބެވޭ ގޮތަށާއި، ޤައުމުގެ ދާޚިލީ މަސްލަހަތުގެ ތެރެއަށް އިންޑިއާގެ ނުފޫޒު ވައްދާ، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުންވާ ގޮތަށް ކުރަމުން ގެންދާ ކަންކަމާއި ދެކޮޅަށް ޝުޢޫރުފާޅުކޮށް އަޑު އުފުލުމަށް ދިވެހި ޒުވާނުން އިސްނައިގައިގެން ކުރިއަށް ގެންދަން މަސައްކަތްކުރި ސުލްހަވެރި ވެހިކަލް ބުރު ކުރިއަށް ގެންދިއުމަށް ވަނީ ހުރަސް އަޅާފައެވެ. ސުލްހަވެރިކަމާއެކު ފުލުހުންގެ މުއައްސަސާއާއި މަޝްވަރާ ކުރެވި އެއްބަސްވެވިފައިވާ ގޮތުގެ މަތިން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިވެހިކަލް ބުރު ކުރިއަށް ގެންދިއުމުގެ ހުއްދަ ސަރުކާރުގެ ފަރާތުން ލިޔުމުން ދީފައިވާކަމަށް އިދިކޮޅުން ބުނެއެވެ.

ސައިކަލް ބުރު ބޭއްވުމަށް ހުރަސް އަޅާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން އާންމުކުރިބަޔާނުގައި ބުނެފައިވަނީ ސައިކަލްބުރު ބޭއްވުމުގެ ހުއްދަ ދީފައިވަނިކޮށް، އިންޑިއާގެ މުށުތެރޭ ފިތިފައި ހުރި ސަރުކާރު ހިންގާ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓަކާއި އެކު، އެމްޑީޕީގެ އިސް ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޣައިރު ޤާނޫނީ އަމުރެއް ތަންފީޒު ކުރުމަށްޓަކައި ފުލުހުން ހިންގަމުން ގެންދާ ނާތަހުޒީބު ޢަމަލު ކުށްވެރިކުރާ ކަމަށެވެ. ހަމައެއާއެކު ފުލުހުންގެ މުއައްސަސާއިން މިޕާޓީގެ ފަރާތުން ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ބުނެ ދޮގު ތުހުމަތުތަކެއްކޮށް ބަޔާނެއް ނެރެފައިވާތީ އެކަންވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ޕީޕީއެމްއަކީ އެއްއިރެއްގައިވެސް ހަމަނުޖެހުން ހިންގަން ނުވަތަ އެފަދަ ކަމަކަށް ފުރުޞަތު ދޭނެ ޕާޓީއެއް ނޫންކަމަށްވެސް ބަޔާނުގައިވެއެވެ. ތާރީޚަށް ބަލާލުމުންވެސް އެފަދަ ކަންކަން ކުރަމުން ގެންދާ ބަޔަކީ މިވަގުތު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ކަން ދިވެހި އެންމެހާ ރައްޔިތުން ހެކިވާނެކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި ވަނީ ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކަށް ވަނުމުގެ ފުރުޞަތު ނުދިނުމަށާއި، ރާއްޖެއިން އިންޑިއާގެ އަސްކަރިއްޔާ ބޭލުމަށް ތަކުރާރުކޮށް ސަރުކާރަށް ގޮވާލާފައެވެ. އަދި ޤާނޫނު އަސާސީއިން ދިވެހި އެންމެހާ ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކަށް އަރައިގަނެ، ފުލުހުންގެ މައްޗަށް ސަރުކާރުގެ ފަރާތުން ކުރަމުން ގެންދާ ޣައިރު ޤާނޫނީ ޢަމުރުތަކުގެ މައްސަލައާއި، އެއަމުރު ތަންފީޒު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުން ގެންދާ މައްސަލަ ބައްލަވާ ދެއްވާ ފިޔަވަޅު އަޅުއްވައިދެއްވުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ.

ވެހިކަލް ބުރު ހުއްޓުވުމަށްޓަކައި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން ދިވެހި ޒުވާނުންގެ ތެރެއިން އެތައް ބަޔަކަށް އަނިޔާވެ، ޒުވާނުންގެ ވެހިކަލްތަކަށް ގެއްލުން ލިބިފައިވާކަމަށްވެސް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ކުރިއަށްގެންދާ އިންޑިޔާ އައުޓް ހަރަކާތް ރައީސް އަބްދުﷲ ޔާމީން މިނިވަންވެޑައިގަތުމާއެކު ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ. އަދި އެހަރަކާތް އަތޮޅުތެރެއަށްފުޅާކުރުމަށް ރައީސް ޔާމީންވެސް މިހާރު ވަނީ އަތޮޅުތަކަށް ދަތުރުކުރައްވަން ފައްޓަވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: