ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޫސްޓާރ ޑޯޒް ޖެހި މީހުންގެ އަދަދު 22،000 އިން މައްޗަށް!

ރާއްޖޭގެ ޖުމްލަ 22 ހާސް މީހުން ބޯސްޓަރ ޑޯޒް ޖަހައިފި / ގޫގަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޖުމްލަ 22،000 މީހުން ބޫސްޓަރ ޑޯޒް ޖަހައިފައިވާކަމަށް ހެލްތް ޕްރޮޓެކްޓަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން ބުނީ ހުކުރު ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖަހައިފައި ވަނީ 317 މީހުން ކަމަށެވެ. އަދި އަތޮޅުތަކުގެ ތެރެއިން ބޫސްޓަރ ޑޯޒް ޖަހައިފައި ވަނީ 179 މީހުން ކަމަށެވެ.

މި އަދަދުތަކާއި އެކު ކޮވިޑާއި ދެކޮޅަށް ޖަހާ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 22،000 އިން މައްޗަށް އަރަ އެވެ.

ކޮވިޑު-19 ގެ އާ ވޭރިއަންޓެއް ފެނި ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖަހަން ފެށިތާ ވަނީ ދުވަސްތަކެއް ވެފަ އެވެ. އުމުރުން ދުވަސްވީ މީހުންނާއި ފްރަންޓް ލައިނުގައި މަސައްކަތް ކުރާ ސްޓާފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިވަގުތު ދަނީ ކުރިޔަށެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި 396،358 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 366،165 މީހުންނެވެ.

ބޫސްޓަރ ޑޯޒް މިހާރު ހުޅުވާލެވިފައި ވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި، އިތުރު ބަލިތަށް ތަހައްމަލު ކުރަމުންދާ ފަރާތްތައް އަދި ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށެވެ. ބޫސްޓަރ ޑޯޒްޖެހުމަށް ބުކްކުރުމަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އެޕޮއިންޓްމެންޓް ބުކްކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: