ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުނަށް އެހީ ދިނުމުގެ މަސައްކަތް ދަނީ ކުރިޔަށް: ފޮރިން މިނިސްޓްރީ

ޓައިފޫން ރާއީގެ ސަބަބުން ފިލިޕީންސްއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައ / ގޫގަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިލިޕީންސްގެ އެމްބެސަޑާރ އާއި ގުޅިގެން މިނިސްޓްރީ އޮފް ފޮރިން މިނިސްޓްރީ އިން މަސައްކަތް ކުރަމްުނދާ ކަމަށް މިނިސްޓްރީ އިން ބުނެފިއެވެ.

މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ދީދީ މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ ޓައިފޫން ރާއީގެ ސަބަބުން ފިލިޕީންސްގެ ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވީ ނަމަވެސް ދިވެހި ދަރިވަރުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް މިނިސްޓްރީ އިން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިވަގުތު ފިލިޕީންސްގެ ނޭޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމެންޓް ކައުންސިލާއި ގުޅިގެން ދަރިވަރުންނަށް އެމާޖެންސީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއި އެކު ބޭނުންވާ ޒަރޫރީ ބޭނުންތައް އާއިލާތަކަށާއި ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ކަމަށް ވެސް މިނިސްޓްރީ އިން މައުލޫމާތު ދީފައިވެއެވެ.

ފިލިޕީންސްގައި ތިބި ބައެއް ދަރިވަރުންނާއި ނުގުޅޭތީ އާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިވަގުތު ފިލިޕީންސްގައި މަތީ ތައުލީމު ހާސިލު ކުރަމުންދާ ދިވެހިންގެ ތެރޭގައި ޕައިލެޓް ތަމްރީނު ފުރިހަމަ ކުރާ ދަރިވަރުންނާއި، އައިޓީ ދާއިރާގެ ދަރިވަރުން، އަދި މެޑިސިން އާއި އިންޖީނިއަރިން ފުރިހަމަ ކުރާ ދަރިވަރުން ހިމެނެ އެވެ. އާއިލާގެ ކަންބޮޑުވުންތަކަށް ފޮރިން މިނިސްޓްރީން ބުނީ، ދަރިވަރުންގެ ހާލު ގާތުން ބަލަމުން ދާ ކަމަށެވެ. އަދި އެހީތެރިކަން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭއިރު ބައެއް ދަރިވަރުންނަށް ގުޅޭ ގޮތް ވެފައި ނުވަނީ ނެޓްވޯކުގައި ދިމާވެފައިވާ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ ޖޮއިންޓް ޓައިފޫން ވޯނިން ސެންޓަރު (ޖޭޓީޑަބްލިއުސީ) އިން ވަނީ ތޫފާން ރާއީ އަކީ “ސުޕަ ޓައިފޫން” އެއް ކަމަށް ކަނޑައަޅާފައެވެ. މިއީ މި އަހަރު އެ ގައުމަށް އެރި 15 ވަނަ ތޫފާނެވެ. ރަސްމީ ހިސާބުތައް ދައްކާ ގޮތުން 100،000 އެއްހާ މީހުން މިހާރު ވަނީ ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.

އެހެންކަމުން، ނޭޝަނަލް ޑިޒާސްޓަރ މިޓިގޭޝަން އޭޖެންސީން ބުނީ، ތޫފާނާއި ގުޅިގެން ކުއްލި ހާލަތަށް ތައްޔާރުވުމާއި، އިޖާބަދިނުމުގެ ޕްރޮޓޮކޯލްގައި އެ ގައުމުގެ ސަރަހައްދެއް އެންމެ މަތީ ފަންތީގައި ބަހައްޓާފައިވާ ކަމަށެވެ.

ޓައިފޫން ރާއީގެ ސަބަބުން ފިލިޕީންސް ގެ ބައެއް ސަރަހައްދު ތަކުގައި މުއާސަލާތީ ހިދުމަތްތައް ވަނީ ކަނޑާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: