ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިޔާ އޮނަރަބަލް ޢުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވަން

ދިވެހި ދައުލަތާއި ޤައުމަށް އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިޔާ އޮނރަބަލް ޢުމަރު ޒާހިރު އަވަހާރަވި ޚަބަރު މިކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުންހިތާމައާއި އަސަރާއިއެކު އެވެ. އޮނަރަބަލް ޢުމަރު ޒާހިރަކީ ދިގު މުއްދަތަކަށް ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ އަދި ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ކުރިމަގަށް އަގު ނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ތެދުވެރިކަމާއި އިޚުލާސްތެރިކަމާއިއެކު ކުރައްވާފައިފާއިވާ ނަމުނާ ޝަޙުސިއްޔަތެކެވެ. ތަރައްޤީގެ ބޮޑެތި މަސައްކަތްތައް ޢަމަލީ ގޮތުން ހިންގެވުމުގައިވެސް ނަމޫނާ ދައްކަވާފައިވާ ބޭފުޅެކެވެ. ހަމައެއާއެކު އެމަނިކުފާނަކީ ޕްރްގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށްވެސް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރައްވާ މިކޯލިޝަނަށް ނިސްބަތްވާ ދެޕާޓީގެ މެންބަރުން ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެއްކަންވެސް ފާހަގަކުރަމެވެ.

އަލްމަރްޙޫމް އޮނަރަބަލް ޢުމަރު ޒާހިރުގެ ފުރާނަފުޅަށް މާތްސުބުޙާނަހޫ ވަތަޢާލާ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ، ސުވަރުގޭގެ މަތިވެރިނިޢުމަތް މިންވަރު ކުރައްވާށި. އާމީން.

އޮނަރަބަލް ޢުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ ޢާއިލައާއި މުޅި ޤައުމަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި މިކޯލިޝަންގެ އެންމެހާމެންބަރުން ބައިވެރިވެ، އެމަނިކުފާނުގެ ޢާއިލާއާއި އެންމެހާ ދިވެހި ރައްޔިތުންނަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިކޯލިޝަންގެލީޑާރޝިޕާއި، ކައުންސިލް މެންބަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެމެންބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ، ޢާއިލާއަށްކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: