ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު ފުރޮޅުލީ އުނޅަދު ދުއްވާއިރު ސީޓް ބެލްޓް އެޅުން މަޖުބޫރުކޮށްފި

ޓެކްސީ ބޯޑުތަކާއެކުވެސް މާ ބޮޑު ފައިދާއެއް ނުކުރާކަމަށް ގިނަ އާންމުން ދެކޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހުން ފެށިގެން ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ސީޓް ބެލްޓް އެޅުން މަޖުބޫރުވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެއްގަމު އުނޅަދު ދުއްވުމުގެ ޢާންމު ޤަވާޢިދުގެ 19 ވަނަ މާއްދާގެ (ރ) ގައި ވާ ފަދައިން، 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުނޅަދުގެ ކުރީ ސީޓުގައި އިންނަ ފަރާތް ސީޓް ބެލްޓް އަޅަންޖެހޭނެ ކަމަށެވެ.

އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ސީޓްބެލްޓް އެޅުމަށް ޢާންމުކޮށް އަންގާ އިޢުލާންކުރާ ކަމަށް ބުނެފައިވެ އެވެ.

”ވީމާ، ހަތަރުފުރޮޅުލީ އުނޅަދު ދުއްވާ ފަރާތްތަކުން މިއާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަން“ އިއުލާނުގައި ވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: