ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް 2 އިން 60 ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވައިލައިފި

ހުޅުމާލެ ފޭސް 2 އިން ދިރިއުޅުމަށް ޖުމްލަ 60 ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވައިލައިފި / ޑްރީންސްޓައިމް.ކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފޭސް 2 އިން ދިރިއުޅުމަށް ޖުމްލަ 60 ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވައިލައިފި ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

ހުޅުމާލެ ފޭސް 2 އިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކަން 1،603.07 (އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި 2،633.93 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕއިންޓް ނުވައެއް ތިނެއް) އަކަފޫޓައި ދެމެދުގެ، ޖުމްލަ 60 ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެގޮތުން، ބީލަމަށް އެދޭ ފޯމު ވިއްކުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ މަހުގެ 2 އިން ފެށިގެން ޖެނުއަރީ މަހުގެ 31 ވަނަދުވަހުގެ 03:30 ގެ ނިޔަލަށެވެ. އެޗްޑީސީން ބުނެފައިވަނީ ބީލަމަށް އެދޭފޯމު ވިއްކަން ހަމަޖެހިފައި ވަނީ އީމެއިލް ކުރާ ފަރާތްތަކަށް ކަމަށެވެ.

މީގެއިތުރުން، އެޗްޑީސީން ބުނީ ބީލަން ފޯމަށް އެދިލެއްވުމަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށް އެޗޤޑީސީގެ އީމެއިލްއަށް (residential@hdc.com.mv) ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ 03:30 ގެ ކުރިން އީމެއިލް ކުރަންވާނެ ކަމަށެވެ. އަދި މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ 03:30 ގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން މައުލޫމާތު ސާފުކުރެވޭނެއެވެ.

އަދި ހަމައެހެންމެ، އަތިރިމައްޗާކުރިމަތިން “ބީޗް ފްރަންޓް” ބީލަން ފޯމު ހުށަހެޅުމަށް ބޭނުންވާ މީހުން ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށް ފޯމު ހުށަހެޅުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އަދި އަތިރިމައްޗާކައިރިން ” ބީޗް ސައިޑް” ބީލަން ފޯމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ހެނަދުނު 09:00 އިން މެންދުރު 12:00 އަށް ފޯމު ހުށަހެޅުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.

ބީލަން ފޯމު ހުށަހެޅުމަށް ނަންބަރު ދޫކުރެވޭނީ 09:00 އިން 12:00 އާ ހަމައަށް ކަމަށްވާއިރު، ބީލަން ފޯމު ހުށަހަޅަން ހަމަޖެހިފައިވާ ތަނުގެ މައުލޫމާތު ފަހުގެ ތާރީހެއްގައި އިއުލާން ކުރެވޭނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެހެންކަމުން، އަތިރިމައްޗާކުރިމަތިން “ބީޗް ފްރަންޓް” ބީލަން ފޯމު ހުޅުވުން ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގެ މެންދުރު 01:00 ގައި ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި އަތިރިމައްޗާކައިރިން “ބީޗް ސައިޑް” ބީލަން ފޯމް ހުޅުވުން ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 01:00 ގައި ކުރިއަށް ގެންދާނެ ކަމަށްވެސ ްއެޗްޑީސީން ބުނެފައިވެއެވެ.

އެގޮތުން، ބީލަން ފޯމު ހުށަހަޅަން ހާޒިރުވެތިބި ފަރާތްތަކުގެ ހާޒިރުގައި ބީލަން ފޯމު ހުޅުވުމަށްފަހު، އަކަފޫޓަށް ބީލަން ފޯމުގައި ހުށަހަޅައިފައިވާ އަގު އިއުލާން ކުރވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: