ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީރާއިން އިސްނަަގައިގެން ޓެކްސްއަށް ރަޖިސްޓްރީ ކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

ދައުލަތަށް ހުސްވި މަހު 2.4 ބިލިއަން ރުފިޔާ ވަނި ލިބިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް ދައްކަން ޖެހޭ ފަރުދެއް ނުވަތަ ވިޔަފާރި ވެރިއެއްގެ އެއްބާރުލުމެއް ނެތި މީރާއިން އިސްނަަގައިގެން ޓެކްސްއަށް ރަޖިސްޓްރީ ކުރުމުގެ ބާރު މީރާއަށް އޮންނަ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވައިދު ބަދަލުކޮށްފި އެވެ.

އެގޮތުން، “ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވައިދަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވައިދު” ގެ ނަމުގައި ގެޒެޓްކުރި ބަދަލުގައިވާ ގޮތުން އެ ގަވައިދުގެ 21 ވަނަ މާއްދާގެ ދަށުން ނުވަތަ އެހެން ގޮތަކުން ލިބޭ މައުލޫމާތަކަށް ބިނާކޮށް، ޓެކްސް ގާނޫނެއް ނުވަތަ ގަވައިދެއްގެ ދަށުން ވިޔަފާރިއެއް ނުވަތަ ފަރުދެއް ޓެކްސްއަށް ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި، އެ ފަރާތް ޓެކްސްއަށް ރަޖިސްޓްރީކޮށް އެކަން އެންގުމުގެ ބާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަށް އޮންނާނެއެވެ.

އަދި އިންކަމް ޓެކްސް ދައްކަން ޖެހޭ ވަރަށް މީހަކަށް އާމްދަނީ ލިބޭކަން މީރާއަށް އެހެން ގޮތަކުން އެނގޭ ހާލަތުގައި އެމީހަކު އިންކަމް ޓެކްސްއަށް ރަޖިސްޓްރީކޮށް، އެންގުމުގެ ބާރުވެސް ކޮމިޝަނާ ޖެނެރަލަށް އޮންނާނެ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، ގެޒެޓްކުރި އިސްލާހުގައި ހަވާލާދީފައިވާ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވައިދުގެ 21 ވަނަ މާއްދާއަކީ 3 ވަނަ ފަރާތަކުން ލިޔެކިއުން ހޯދުމާ ބެހޭ މާއްދާއެވެ. އަދި އެ ގަވައިދަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 32 ވަނަ މާއްދާއިން ބާރުދޭ މާއްދާއެއް ކަމަށްވެސް ވެއެވެ.

އެހެންކަމުން، ޓެކްސްނެގުމާ ބެހޭ އިދާރީ ގާނޫނުގެ 32 ވަނަ މާއްދާއަކީ މީރާއަށް އޮންނަ ގާނޫނީ ބާރުގެ ބޭނުންކޮށްގެން ޓެކްސް އަދި ޓެކްސްނެގުމަށް ޓަކައި ހޯދަން ޖެހޭ ލިޔެކިއުން ހޯދުމުގެ ބާރު ލިބިދޭ މާއްދާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: