ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާފްގެ ނަމުގައި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަން ޖެހޭ: ޖަމީލް

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، އުފާ ފާޅުކުރުމުގެ ހަރަކާތުގެ ތެރެއިން ޑރ. ޖަމީލް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާފްގެ ނަމުގައި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ތަކުރާރުކޮށް ރައީސް ޔާމީންގެ މައްޗަށް އުފުލާ ދަޢުވާތަކާމެދު ޖަމީލު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ އަމަލުތަށް ދުނިޔެ ދެކެނީ އުތުރު ކޮރެއާ އާ އެއްގޮތަށް ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

އިންސާފު ގާއިމު ކުރުމުގެ ނަމުގައި ސަރުކާރުން ތިން އަހަރު ވަންދެން ކުރި ހަމައެކަނި ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާ އުފުލުން ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ޖަމީލް މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ފުއްގިރި ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވާލު ކުރުމުންނެވެ.

ހަމަ މިއާއިއެކު، ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ވެސް އިސްކޮށް މަސައްކަތް ކުރައްވާ ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ތަކުރާރުކޮށް ރައީސް ޔާމީންގެ މައްޗަށް އުފުލާ ނުޙައްގު ދައުވާތަކާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން މިއަދު ކްރިމިނަލް ކޯޓުގައި ފެށުމަށް ހަމަޖެހިފައި ވަނީ، ވ.އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން 1 މިލިއަން ޑޮލަރުގެ ރިޝްވަތު ނެގިކަމަށް ބުނެ އުފުލާފައިވާ ދައުވާއެއްގެ ޝަރީއަތެވެ. އަދި އެމައްސަލައިގައި ރިޝްވަތް ގަބޫލު ކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާއެއް ވެސް އުފުލާފައެވެ.

މީގެއިތުރުން، ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ވެސް ރައީސް ޔާމީން 1 މިލިއަން ޑޮލަރުގެ ރިޝްވަތް ނަގައި އަދި ސަން ކޮންސްޓްރަކްޝަން ބޭނުން ކޮށްގެން އެފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ވެސް 2 ދައުވާއެއް ވަނީ އުފުލާފައެވެ. އަދި އެދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރު ވަނީ ފަށާފައެވެ.

ހަމަ މިއާއިއެކު، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ 4 ދައުވާއެއް ކްރިމިނަލް ކޯޓުގައި އޮތްއިރު އެމަނިކުފާނުގެ މައްޗަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ސާބިތުވި މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް މިދިޔަ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: