މޯލްޑިވްސް ޕޯޓްސް ލިމިޓް(އެމްޕީއެލް)ގެ މުވައްޒަފަކު އަންހެނަކާ ހަޑިހުތުރު ބަހުން ވާހަކަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ މާލޭ ނޯތް ހާބަރު އެތެރޭގައި އެމްޕީއެލްގެ ޔުނީފޯމުގައި ހުރި ފިރިހެނަކު، އެތަނަތް ވަތް އަންހެނަކާ ދިމާލަށް ހަޅޭއްލަވައި ހަޑިހުތުރު ބަހުން ވާހަކަ ދައްކާތަނެވެ. އަދި އެތަނުގައި ތިބި އެހެން ދެ ފިރިހެނަކާވެސް ޒުވާބު ކުރާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
މިކަމާ ގުޅިގެން އެމްޕީއެލްއިން ބުނީ ވީޑިއޯގެ މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެމައްސަލަ ބަލަމުން އަންނަ ކަމަށާއި ކުންފުނީގެ ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.

