ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރަށް އެރި ބާޖުގެ ޖޫރިމަނާ ފައިސާއިން ބައެއް ދޭން ނޫމަރާ ކައުންސިލުން އެދިއްޖެ

ނޫމަރާ ފަރަށް 2019 ވަނަ އަހަރު އެރި ބާޖު. ނޫމަރާ ނެރާ ދިމާލު ފަރުމައްޗަށް ބާޖު އެރުމުގެ ސަބަބުން އެ ސަރަހައްދު ބޮޑެތި ގެއްލުންތަކެއް ލިބުނު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ނޫމަރާ ފަރަށް ބާޖެއް އުރި ގެއްލުން ލިބުނު މައްސަލައިގައި ދައުލަތަށް ބަދަލެއްގެ ގޮތުގައި ބޯޓުގެ ވެރިފަރާތުން ދައުލަތަށް ބަދަލެއްގެ ގޮތުގައި ދައްކަން ޖެހޭ 61 މިލިއަނުން ވަކި އިންސައްތައެއް ނުވަތަ ރަށުގެ ފަރަށް ލިބުނު ގެއްލުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރަށު ކައުންސިލުން އެދިއްޖެ އެވެ.

ނޫމަރާ ފަރަށް އެރި ”މެރިން ޕަވާ 2317“ ބޯޓުގެ ވެރިފަރާތް 61.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެއް މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެންގީ މިދިޔަ ޑިސެމްބަރު 08 ގަ އެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، މެރިން ޕަވާ ބޯޓު އެ ސަރައްހައްދާއި ކައިރި ކުރަން އުޅުމުގެ ތެރޭގައި ނެރުމައްޗަށް އަރައި ފަރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ.

އެ މައްސަލައިގައި ބޯޓުގެ ވެރި ފަރާތް ޖޫރިމަނާކޮށް އީޕީއޭއިން ބުނީ، އެ އިދާރާއިން ކުރި ސާވޭތަކުން ދައްކާ ގޮތުން ނޫމަރާ ފަރަށް އެރުމުގެ ސަަބަބުން ސީދާ ގޮތެއްގައި ފަރުގެ 1،632 އަކަމީޓަރުގެ ސަރަހައްދަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ބޯޓު ފުން ކުރުމަށް ފަހު، ފެތިފައި އޮތް ބޯޓުގެ ބައިތައް ނަގައި ނިމުނީ މިދިޔަ ނޮވެމްބަރު މަހު އެވެ. މިއީ ގާތްގަނޑަކަށް 11،500 ލީޓަރުގެ ޕެޓްރޯލާއި ޑީސަލް ހިފައިގެން ދަތުރު

ޖޫރިމަނާގެ އަދަދު ކަނޑައަޅާފައި ވަނީ ފަރަށް ލިބުނު ގެއްލުންތައް ބަލައި ދިރާސާ ކުރުމަށް ފަހު އެވެ.

30 ދުވަހުގެ ތެރޭގައި ޖޫރުމަނާގެ ފައިސާ ދެއްކުމަށް އީޕީއޭއިން އެންގީ ބޯޓުގެ ރާއްޖޭގެ އެޖެންޓު، ރޮހޮޕް ޕްރައިވެޓް ލިމިޓެޑަށެވެ.

މި މައްސަލައިގައި ނޫމަރާ ކައުންސިލްގެ ރައީސް އަލީ ރަބީރު ”ސަންގު“ އަށް ވިދާޅުވީ ފައިސާގެ ވަކި އިންސައްތައް ހޯދުމަށް ހުށަހެޅީ، ބޯޓު ފެތުނު ފަހުން ދިމާވަމުންދާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ކަމަށެވެ. އަދި އޭގެ ސަބަބުން ލިބުނު ގެއްލުމުގެ އުނދަގޫތައް އުފުލަން ޖެހުނީ ރަށުގެ ރައްޔިތުންނާއި، އެ ސަރައްހަދުން ދަތުރު ކުރާ އުޅަނދުތަކަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެކަމާއި ގުޅޭ ސިޓީތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ފިނޭންސްއަށް ހުށަހަޅާފައިވާކަން ރަބީއު ފާހަގަ ކުރެއްވި އެވެ.

ރަބީއު ވިދާޅުވީ އެކަމުގައި ސީދާ އަދި ގޮތެއް ނުނިންމާ ކަމަށެވެ. އަދި ފަރަށް ގެއްލުންތަކެއް ވެފައިވާތީ ވެރިފަރާތުން އެކަން ހައްލު ކުރަން އެންގުން ފަދަ ކަމެއް ނިންމުމުގައި ވެސް މައްސަލައެއް ނެތްކަމަށް ވިދާޅުވި އެވެ. ބާޖުގެ ވެރި ފާރާތުން ފައިސާ ދައްކަން އެނގި މުއްދަތު ހަމަވުމުގެ ކުރިން، އެ އެންގުން އިސްތިއުނާފުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ރަބީއު ވިދާޅުވި އެވެ.

ނޫމަރާ އަކީ ގާމަތި ރަށަކަށް ވުމުން ބާޖު އުރުނީ އޮއެ ގަދަ ސަރަހައްދަކަށެވެ. އެއަށް ފަހު ލިބުނު ބޮޑެތި ގެއްލުންތަކަށް ފަހު، ބޯޓުތައް ފަޅު ތެރެއަށް ވަދެ ނިކުތުމަށް ތަކުލީފުތައް އުފުލަން ޖެހޭކަމަށް ރަބީއު ވިދާޅުވި އެވެ. ރަށަކީ ގާމަތި ރަށެއްކަމުން، މީގެ ކުރިން ވެސް އެފަދަ ހާދިސާތައް ހިނގިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ރަބީއު ވިދާޅުވީ ބޯޓު ފަރަށް އެރުމުން ރަށުން ނިކުންނަ މަގު ބަންދުވެ، ލަފާ ފުރުމުގައި އުނދަގޫވި ކަމަށެވެ. އަދި ރަށުގެ ވަށައިގެން ދައުރުވާ ވެލިގަނޑަށް، ބާޖާ ހަމައިން ހުރަސް އެޅި އެ ވެލިގަނޑު ފަޅުގެ ތެރެއަށް ވަދެފައިވާކަމަށެވެ. ވަށްކޮށް އޮންނަ އެ ރަށުގެ ވެލިގަނޑު ދައުރުވާން ހުރަސްއެޅުމުގެ ސަބަބުން، ރަށް ގިރުމުގެ މައްސަލަ ދިމާވާކަމަށް ރަބީއު ވިދާޅުވި އެވެ.  

ރަބީއު ވިދާޅުވީ ބޯޓުގެ ވެރި ފަރާތް ޖޫރޫމަނާ ކުރީ ރަށުގެ ފަޅު ފުން ކުރުމުގެ މަސައްކަތް ކުރާގޮތަށް ނަމަވެސް، އެފަދަ އެހީތެރިކަމެއް ނުލިބޭ ކަމަށެވެ. ރަށުގެ ބޮޑު ބަޔަކަށް ރަށް ގިރުމުގެ މައްސަލަ ދިމާވަމުން ދާތީ، އެކަން ހައްލު ކުރުން ވެސް މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ އަދަދަކަށް ތެލާއި ޑީސަލް ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އެފްއެސްއެމްގެ ބާޖެއް ވެސް މިދިޔަ ޖުލައި މަހުގެ ތެރޭގައި ނޫމަރާ ހުޅަނގު ފަރާތު ނެރުމައްޗަށް އުރުނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: