ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދު ޓްވީޓު ކުރުމުގައި އަވަދިނެތި، ޖާމިނުވި އައްސަދަށް ވެސް އެޅުނު ފިޔަވަޅެއް ނެތް!

ކުރީގެ ޓޫރިިޒަމް މިނިސްޓަރު އަލީ ވަހީދާއި، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް އައްސަދު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްސަދު ވިދާޅުވި ގޮތުގައި ދިވެހި އެމްބަސީ މެދުވެރިކޮށް ވެސް، އަލީ ވަހީދު ކޯޓަށް ހާޒިރުކޮށް ދޭން އެދި އޭނާ އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަރަހަނާޒް ފައިސަލްއަށް ހުށަހެޅުއްވި އެވެ.

ކްރިމިނަލް ކޯޓުގެ އެންގުމަށް އިހުތިރާމު ކުރާކަމަށާއި، އަލީ ވަހީދު ރާއްޖެ ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރިކަމަށް އައްސަދު ވިދާޅުވި އެވެ. އެހެންވެ އޭނާ އެދުނީ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖައާކޮށް ދިނުމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ޅ) ގައި ޖާމިނުވާ މީހާ، އިގުރާރާ ހިލާފުވެއްޖެނަމަ ދެވޭނެ އަދަބުތައް ކަނޑައަޅާފައި ވެއެވެ. އޭގެ ތެރޭގައި:

  • އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން
  • ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން
  • 15,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން
  • ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން ހިމެނެއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގައި ހިމެނޭ ގާޒީ ހަސަން ސައީދު މައްސަލަ ޕީޖީން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވެސް ހުށަހަޅާފައެވެ.

އަލީ ވަހީދަކީ ފިލުމުގެ ފުރުސަތު އޮތް މީހެއްކަމުން، އެ ފުރުސަތު ޓްރެވެލް ޑޮކިއުމެންޓެއްގައި ނޫން ގޮތަކަށް ނުދިނުމަށް ދައުލަތުން ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ މައިބަދައިގެ އޮޕަރޭޝަނަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައި، އަލީ ވަހީދު ގެންދަވަނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ވާހަކަ ދައްކައި ޓްވީޓު ކުރައްވަމުންނެވެ. ހާއްސަކޮށް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކަށް އޭނާ ތާއީދު ކުރައްވާކަން ފާހަގަ ކުރެވެ އެވެ.

ޝަރީއަތް އޮންލައިންކޮށް ކުރިޔަށް ގެންދާތީ އެކަމަށް އިއުތިރާޒުކޮށް ދައުލަތުން ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވުމުން ވެސް އެގޮތަށް އަލީ ވަހީދު އަމަލުކޮށްފައި ނުވާތީ އަލީ ވަހީދަށް ހުކުމް އިއްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސޫއޫދު ވިދާޅުވި ވާހަކައަކީ ރާއްޖޭގެ ޝަރުއީ ނިޒާމު ވަރަށް ފުންކޮށްވިސްނާލަން ޖެހޭ ވާހަކަތަކެކެވެ. ދައުލަތް އަލީ ވަހީދު ކުރިމަތީ ކުޑަކަކޫ ޖަހައި، އޭނާއަށް ރައްކާތެރިކަން ލިބޭނެ ގޮތަކަށް ޝަރުއީ ނިޒާމު ބައްޓަންކޮށް މަގުކޮށައިދެމުން ދާ ވާހަކަ ފަނޑިޔާރު ފާހަގަކުރެއްވީ ވަރަށް ބޮޑަށް ނުރުހުންވެވަޑައި ހުންނަވައިގެންނެވެ.

މިއީ ނުބައި ތަސައްވުރެއްގެ ފެށުންގެ ގޮތުގައި ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ގާނޫނާއި، ޝަރުއީ ކޯޓުތަކުގެ ބޭނުމެއް ނެތްކަމަށް ރައްޔިތުން ގަބޫލު ކުރަން ފަށާނެކަމަށް ވިދާޅުވި އެވެ. ފަނޑިޔާރު ގަބޫލު ކުރައްވާ ގޮތުން ވަކި މީހަކީ އެއީ ޝަރީއަތް ނުހިންގޭ، އަދި ޝަރުއީ ނިޒާމު ވަކި މީހަކަށް ބައްޓަން ކުރާކަމުގެ އިހުސާސް ރައްޔިތުންނަށް ވިޔަދީގެން ނުވާނެ އެވެ.

ކޯޓުން އިއްވި ދެ މަސް ދުވަހުގެ ހުކުމާއި އެކު އަލީ ވަހީދުގެ ގާނޫނީ ޓީމުން އާއްމު ކުރި ބަޔާނެއްގައި ބުނީ އޭނާއި މެދު އަމަލު ކުރެވެމުން ދަނީ ބޭއިންސާފާއި އަނިޔާވެރިކަމާއި އެކު ކަމަށެވެ. މިއީ ސިޔާސީ މަގްސަދެއް ހާސިލް ކުރުންގެ ގޮތުގައި ސިފަކޮށް، އެ ބަޔާނުގައި ބުނެފައިވަނީ ދައުވާ ސާބިތުވާނެ އެއްވެސް އުންސުރެއް ދައުލަތަށް ދެއްކިފައި ނުވާކަމަށެވެ. އޭގެ ތެރޭގައި ކުށް ކުރިކަމަށް ބުނާ ތާރީހާއި، ވަގުތުތައް އަދި އެ ކުށް ހިންގި ގޮތެއް ވެސް ދައުލަތަށް ބުނެ ނުދެވޭކަމަށް ބަޔާނުގައި ވެއެވެ. ފާއިތުވެދިޔަ އެއް އަހަރު ދުވަހު ދައުލަތުން އަލީ ވަހީދު ފްރޭމް ކުރުމަށް އެތައް މަސައްކަތެއްކޮށްފައިވާކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.

ވަކީލުން ބުނެފައިވާ ގޮތުން ގޮތުން، މިއީ މިހާ ބޭއިންސާފުން ރާއްޖޭގައި މީހަކާއި މެދު އަމަލު ކުރި ފުރަތަމަ ފަހެރެވެ. އަލީ ވަހީދުގެ އަގު ވައްޓާލުމުގެ ނިޔަތުގައި، ޕީޖީ އޮފީހުން މީޑިއާތަކަށް ދެމުންދަނީ ދޮގު މައުލޫމާތުތަކެއްގެ ގޮތުގައި ތުހުމަތުކޮށް ވަކީލުން ބުނެފައިވަނީ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައި ވަނީ ވެސް ނުފޫޒުތަކެއް ފޯރުވުމަށް ކަމަށެވެ.

އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިޔަށް ދާ ގޮތާއި ގުޅޭގޮތުން ތަކުރާރުކޮށް މީޑިއާތަކުން ވަނީ ޕީޖީއާއި ސުވާލުކޮށްފަ އެވެ. އަދި އިއްވާފައިވާ ހުކުމް ތަންފީޒު ކުރުމަށް ކިހާވަރަކަށް މަސައްކަތް ކުރެވޭތޯ ސުވާލު ކުރުމުން ކަރެކްޝަންސްއިން ބުނީ އަލީ ވަހީދު މިވަގުތު ހުރީ އެމީހުންގެ އިހުތިސޯސް ހިނގާތަނެއްގައި ނޫންކަމުން ފުލުހުންގެ އެހީއަށް އެދިފައިވާ ކަމަށެވެ. ފުލުހުން ބުނީ އިންޓަޕޯލް ރެޑް ނޯޓިސްއެއް އައްމުކޮށް އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.

އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެ، އަލީ ވަހީދު ރާއްޖެ ގެނައުމާއި ގުޅޭގޮތުން މީގެ ކުރިން ޕީޖީ ވެސް ވާހާކަ ދެއްކެވި އެވެ. ނަމަވެސް އެކަމުގައި އެއްވެސް އަމަލީ ސިފައެއް ނުޖެހެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: