މިދިޔަ އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ބޭއްވި އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފައި ވަނީ އޮކްޓޫބަރު/ނޮވެމްބަރުގައި ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރާނެ ކަމަށާއި ނަތީޖާ ދޫކުރަކީ ދަރިވަރު އިމްތިހާނު ހެދި ސެންޓަރުން ކަމަށެވެ.
އެޑެކްސެލް އިމްތިހާނު އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް ގިނަ ކަރުދާސްތަކެއް ލީކުވަމުން ދިއުމުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ އެ އިމްތިހާނު ކެންސަލް ކުރުމަށް ފަހު، މިދިޔަ އޮކްޓޯބަރު/ނޮވެމްބަރު އިންޓޭކުގައި އޭ ލެވެލް އިމްތިހާނު ކުރިއަށް ގެންދާށެވެ.

