ރާއްޖޭގެ ކޮވިޑުގެ ހާލަތު އަނެއްކާވެސް ގޯސްވެ، މިއަދު ބައްޔަށް ޕޮޒިޓީވްވީ މީހުންގެ އަދަދު 800 އިން މައްޗަށް އަރައިފި އެވެ
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލޭގައި 413 މީހަކަށް ބަލި ޖެހިގެން ރިޕޯޓުކޮށްފައި ވެއެވެ. އަދި އަތޮޅުތަކުން 249 މީހަކަށް ކޮވިޑު ޖެހިގެން ރިޕޯޓު ކުރި އެވެ.
މީގެއިތުރުން ސަފާރީތަކުން 15 މީހަކު ކޮވިޑަށް ޕޮޒިޓިވްވީއިރު، 47 މީހަކަލަށް ބަލި ޖެހިގެން ރިޕޯޓު ކުރީ ކޮން ސަރަހައްދަކުންކަން އަދި ދެނެގަނެވުފައި ނުވެ އެވެ. ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 7،005 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ.
✳️ COVID-19 : Case Updates pic.twitter.com/oO5dn76FRi
— Health Protection Agency (@HPA_MV) January 13, 2022
މި އަދަދުތަކާއި އެކު ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ އަދަދު ލައްކައަކަށް ވުރެ މައްޗަށް ވަނީ އަރާފަ އެވެ. މިއީ ރާއްޖޭގެ ކޮންމެ ފަސް މީހަކު އެކެއްގެ ނިސްބަތެވެ.
އަދަދުތައް އިތުރުވާއިރު، މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 5،118 އެވެ.

