ޅ.މަޑިވަރު އެއާޕޯޓު ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގގެ ފަރާތުން ތަރައްޤީ ކޮށްފައިވާ މަޑިވަރު އެއަރޕޯޓް ހިންގުމަށް އެ ކުންފުންޏާއި ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މަޑިވަރު އެއްރޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ގުޅިގެން ފަށައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ. އަދި އެއާރޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުމާއެކު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެބުރުވަރީ މަހު މަޑިވަރު އެއާރޕޯޓަށް ފެށުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

