އައްޑޫ ސިޓީ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ދާން ފަށައިފި އެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 86 ކޭސްގެ ތެރެއިން 31 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށާއި އަދި ފޭދޫން ވެސް 31 ކޭސް ފެނިފައިވާއިރު މީދޫން 15 ކޭސް، ހުޅުދޫން ދެ ކޭސް، މަރަދޫފޭދޫން ފަސް ކޭސް އަދި މަރަދޫން ދެ ކޭސް ފެނިފައިވާ ކަމަށެވެ.
އެންމެ ގިނަ މީހުންނަށް ބަލިޖެހިފައި ތިބީ ހިތަދޫގަ އެވެ. އެއީ 158 މީހުންނެވެ. މީދޫގައި 67 މީހަކަށް ބަލިޖެހިފައި ތިބިއިރު، ފޭދޫގައި 58 މީހަކު ތިބީ ޕޮޒިޓިވްވެފަ އެވެ. ހުޅުމީދޫގައި 29، މަރަދޫފޭދޫގައި 19 އަދި މަރަދޫގައި ބަލި ޖެހިފައިތިބި ފަސް މީހަކު އެބަ ތިއްބެވެ.
އައްޑޫ ސިޓީއިން މިހާތަނަށް ބަލި ޖެހެގެން 14 މީހަކު ވަނީ މަރުވެފަ އެވެ.

