ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއްދަތު ހަމަވާ އައިޑީ ކާޑްތަކަށް ޖުލައި 31 ގެ ނިޔަލަށް ޚިދުމަތް ލިބޭނެ

ޖުލައިގެ ނިޔަލަށް، މުއްދަތު ހަމަވެފައިވާ އައިޑީކާޑުން ހިދުމަތް ހޯދޭނެ!
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ބަލި ފެތުރުން އިތުރުވަމުންދާތީ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑްތަކަށް މިއަހަރުގެ ޖުލައި 31 ދުވަހުގެ ނިޔަލަށް ޚިދުމަތް ދިނުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ދައުލަތުގެ މުވައްސަސާތަަކަށް މިއަދު އަންގައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން މިއަދު ނެރެނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއަކީ ދިވެހި ރައްޔިތުންގެ އައި.ޑީ ކާޑު ހަދައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ އޮފީސްކަމަށްވުމުން، މިދަނޑިވަޅުގައި ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުން އެޑިޕާޓްމަންޓަށް ހާޟިރުވާންޖެހޭ ފަރާތްތަށް ވީހާވެސް މަދުކުރުމަށްޓަކައި މުއްދަތު ހަމަވާ ކާޑުތަކުގެ މުއްދަތު، 31 ޖުލައި 2022ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

“މިގޮތަށް ހަމަޖެއްސުމުން ޢާއްމު ރައްޔިތުންނަށް އައި.ޑީ ކާޑު މެދުވެރިކޮށް ޚިދުމަތް ދެއްވާ އެއްމެހައި މުވައްސަސާތަކުން ޚިދުމަތް ފޯރުކޮށްދެއްވުމުގައި މި އިޢުލާނަށް ރިޢާޔަތް ކުރައްވާ ޚިދުމަތްތައް ފޯރުކޮއްދެއްވުމަށް ދެންނެވީމެވެ” ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ކާޑުގެ މުއްދަތު އިތުރުކޮށް އިޢުލާނުކުރި ކަމުގައި ވިޔަސް ގްރޭޓަރ މާލޭ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް މިހާރެކޭ އެއްފަދައިން އޮންލައިންކޮށް (ވެބް ޕޯޓަލް މެދުވެރިކޮށް) އަދި އަތޮޅުތެރޭގައި ކުރިއެކޭ އެއްގޮތަށް ކައުންސިލް އިދާރާތަށް މެދުވެރިކޮށް ކާޑު ހެދުމަށް ހުށަހެޅޭނެ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: