މިވަގުތު ކޮވިޑުގެ ހާލަތު ގޯސްވެފައިވާ އައްޑޫ ސިޓީން އިއްޔެ 143 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އައްޑު އެމެޖަންސީ އޮޕަރޭޝަން ސެންޓަރުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި އިއްޔެ އިރުއޮއްސި 06:00 އާއި ހަމައަށް އެ ސިޓީގެ ރަށްތަކުން ޖުމްލަ ޕޮސިޓިވް ވީ 143 މީހުންނެވެ. އެގޮތުން ހިތަދޫއިން 94 މީހަކަށް ބަލި ޖެހިގެން ރިޕޯޓު ކުރިއިރު މަރަދޫއިން 9 މީހަކަށް، އަދި މަރަދޫފޭދޫން 10 މީހުންނާއި ފޭދޫއިން 20 މީހަކަށް އަދި، މީދޫއިން 6 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.
އައްޑޫން މިހާތަނަށް ޖުމްލަ 43،889 ސާމްޕަލް ނެގިފައިވާއިރު އަލަށް ނަގާފައި ވަނީ 316 ސާމްޕަލްއެވެ.
މިބަލީގައި އައްޑޫގައި 4 މީހުން އެޑްމިޓް ކުރެވިފައިވާއިރު 15 މީހުންވަނީ މިބަލީގައި ނިޔާވެފައެވެ. އަދި އަމަ އެއާއެކު 3745 މީހުން ބަލިން ރަނގަޅު ވެފައިވާއިރު 819 ވަނީ ޕޮޒިޓިވްވެ ހޯމް ކަރަންޓީން ކުރެވިފައެވެ.
Addu City Covid-19 case status as of 28th January 2022 18:00 Hrs.#StayHome #StaySafe#WearMask pic.twitter.com/lF9EwLC9zk
— Addu Emergency Operations Center (@EOCaddu) January 29, 2022
އައްޑޫއަކީ މިހާރު އެންމެ ހަލުވިކަމާއެކު ކޮވިޑު ފެތުރޭ އެއް ހިސާބެވެ. ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބުނީ އައްޑޫގައި ވެސް ފެތުރެމުން ދަނީ ކޮވިޑު ވޭރިއަންޓު ކަމަށެވެ.

