ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮނޑިއަކަށް ކެމްޕެއިން ކުރުމަށް ވުރެ ރައީސް ހުންނެވީ ދަށު ދަރަޖައިގައި: އައްސަދު

ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އައްސަދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ އިންތިހާބަކަށް މަސައްކަތް ކުރެވޭ މިންވަރަށް ވުރެ ދަށުދަރަޖައިގައިކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އައްސަދު ވިދާޅުވެއްޖެ އެވެ.

“ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައްސަދު ވިދާޅުވީ، ކޮމަންޑޫ ދާއިރާ އޮންނަން މީގެ ކުރިން ސަރުކާރަށް ނޭނގޭ ކަމަށާއި، ދާއިރާގެ ރަށްތައް މަތީން އެއްކޮށް އޮތީ ހަނދާން ނައްތާލާފައި ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދުވަސްވަރު ދާއިރާއަށް ވީ ވައުދުތަކުގެ މަތީން އެމްޑީޕީ ކުއްލިއަކަށް ހަނދާން ވީ ދައުރުގެ މެދުތެރެއިން ބާއްވަން ޖެހުނު އިންތިހާބާއި ހަމައިންކަމަށް އައްސަދު ވިދާޅުވި އެވެ. އެމްޑީޕީގެ ސަރުކާރަށް ރައްޔިތުން އެދޭ އެއްވެސް ބަދަލެއް ގެނެސްދެވިފައި ނުވާކަން ފާހަގަކޮށް އައްސަދު ވިދާޅުވީ، އެމްޑީޕީގެ ސުޕަމެޖޯރިޓީއެއް އޮއްވައި އަނެއްކާ އިތުރު ގޮނޑިއެއް ދޭން ޖެހޭ ސަބަބެއް ނުވަތަ އޭގެއިން ވާނެ ފައިދާއެއް ނެތް ކަމަށެވެ.

އައްސަދު ވިދާޅުވީ ރާއްޖޭގައި ކޮވިޑު-19 ގެ ހާލަތު ގޯސްވާން ޖެހުނީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަދި މިވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ބޭރުގެ އެކިއެކި އެހީތައް ރާއްޖެއަށް ލިބުނު ނަމަވެސް ރައްޔިތުންނަށް ހިލޭ މާސްކެއް ހާ މިންވަރު ވެސް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް އިޝާރާތްކޮށް އައްސަދު ވިދާޅުވީ، ވެރިކަމުގައި ތިއްބެވި މުއްދަތުގައި ދާއިރާއަށް ވައުދުތަކެއް ފުއްދައިދީ މަޝްރޫއުތަކެއް ހިންގިނަމަ މިއަދު އެ ގޮނޑި ހޯދަން އެހާ ބޮޑު މަސައްކަތެއް ވެސް ކުރަން ނުޖެހުނީސް ކަމަށެވެ.

މި ސަރުކާރުން މީޑިއާތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގެ ތުހުމަތުތަކެއް ކުރައްވަފައި އައްސަދު ވިދާޅުވީ، މިއަދު އެމްޑީޕީއަށް ރެއާއި ދުވާލު އެތައް މަސައްކަތެއް ކުރި މީހުން ތިބީ ޕާޓީގެ އެތެރެއިން އެއްފަރާތްކޮށްލެވިފައި ކަމަށެވެ. އަދި އެ މީހުންނާއި ބައްދަލުވެ ވާހަކަތައް ދެކެވޭކަމަށް އައްސަދު ވިދާޅުވި އެވެ.

އިންތިހާބު ގާތްވުމުން މިއަދު ސަރުކާރުން މަސައްކަތް ކުރަމުންދަނީ، އެއްޗެއް ދީފައި އެ ނަގާ އުސޫލުންކަން ފާހަގަކުރައްވައި އައްސަދު ވިދާޅުވީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ އިންތިހާބަކަށް މަސައްކަތް ކުރެވޭ މިންވަރަށް ވުރެ ދަށުދަރަޖައިގައި ކަމަށެވެ.

ރައީސް ޔާމީނަށް އިންތިހާބު ގެއްލެން ޖެހުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ސަބަބުންތޯ އާއި، މި ސަރުކާރުން އާއްމު ކުރި ލިސްޓުގައި ޕީޕީއެމާއި އެމްޑީޕީގެ މެމްބަރުންގެ ވެސް ނަން ހިމެނޭކަމަށް ބުނުމުން އައްސަދު ވިދާޅުވީ އެއީ ތަހުގީގު ފުރިހަމަ ނުވަ ލިސްޓެއް ކަމަށެވެ. އަދި އެގޮތަށް ތުހުމަތު ކުރެވޭ ދުއިސައްތައެއްހާ މީހުންގެ ނަތް އޮތްއިރު އެއްވެސް ސުވާލެއް ވެސް ނުކޮށް ބައެއްގެ ނަންތައް އެހެން އާއްމު ކުރެވިގެން ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އައްސަދު ވިދާޅުވީ މިއަދު ފެންނަނީ، ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ދެމެދު ތަފާތުކުރުންތަކެއް ގެންގުޅޭ މަންޒަރު ކަމަށެވެ. މަހުލޫފް މި ސަރުކާރުގެ މެމްބަރަކަށް ވުމުން ކޮވިޑުގެ ބަހަނާ ދައްކައި، ޝަރީއަތްތައް ފަސް ކުރުމަކީ އެންމެ އިންސާފުވެރި އަދި ހަމަޖެހޭ އުސޫލެއް ނޫންކަމަށް ވެސް އައްސަދު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: