ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެންޑާ ބޯޑުގެ ވެރިޔަކަށް އަޝްރަފް

ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ  މެންބަރު ކަމުން އިސްތިއުފާދެއްވި އަލީ އަޝްރަފް ޓެންޑާ ބޯޓުގެ ޗެއާޕާސަން ކަމަށް ހަމަޖައްސައިފިއެވެ.

އޭސީސީގެ މެމްބަރު ކަމުގެ މަޤާމުން އަލީ އަޝްރަފް އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުއެވެ. އޭސީސީގެ މެންބަރު ކަމުގެ އިތުރަށް އަޝްރަފް މީގެކުރިން ވަނީ ވިލާ ކޮލެޖުގެ ޑިރެކްޓާ އޮފް މާކެޓިންގެ މަގާމާއި ހިންގުމުގެ ދާއިރާގެ ތަފާތު މަގާމުތައް ފުރުއްވާފައެވެ.

ޓެންޑާ ބޯޑަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަން ހިންގާ ބަލަހައްޓާ މައި އިދާރާއެވެ. އެބޯޑަށް މެންބަރުން އައްޔަން ކުރައްވަނީ ފިނޭންސް މިނިސްޓަރެވެ. ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ އެންމެހާ އުސޫލުތައް އެކުލަވާލުމާއި ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ ސަރުކާރުގެ ހުރިހާ ބިޑްތަކެއް އިވެލުއޭޓްކޮށް މަސައްކަތްތައް ހަވާލު ކުރާނީ ޓެންޑާ ބޯޑުންނެވެ.

ޓެންޑަރ ބޯޑުގައި އަޝްރަފާ އެކު 7 މެންބަރަކު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: