ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދަށް ޖާމިނުވި އަޑުބަރޭއަށް އައީ 15 ދުވަހުގެ ޖަލު ހުކުމެއް!

ކުރީގެ ޓޫރިިޒަމް މިނިސްޓަރު އަލީ ވަހީދާއި، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް އައްސަދު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވަނިކޮށް، ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރާއްޖެ އަންނާނެކަމަށް ޔަގީންކަން ދީ ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހުކުމް އޭނާގެ މައްޗަށް އިއްވާފައިވަނީ ޣައިރު ހާޒިރުގަ އެވެ. މިއަދަށް ޝަރީއަތް ތާވަލު ކުރުމުން އައްސަދު ކޯޓަށް ވެސް ހާޒިރުވެފައި ނުވެ އެވެ.

ޖާމިނުވާން އެއްބަސްވެ، ކޯޓުގައިވާ އިގުރަށްފަހު އެއި ހިލާފުވެއްޖެ ނަމަ އެ މީހަކާއި މެދު އެޅޭނެ ފިޔަވަޅަކީ އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން އެދުނީ އައްސަދުގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމަކަށެވެ.

އަލީ ވަހީދު ރާއްޖެ އައިސްފައި ނުވާތީ އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދޭން އެދި ހުށަހެޅި މައްސަލައަށް އައްސަދު އިންކާރު ކުރެ އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާގެ މަސްއޫލިއްޔަތަކަށް އޮތީ ޖާމިނު މުއްދަތުގެ ތެރޭގައި، އަަލީ ވަހީދު ކޯޓަށް ހާޒިރު ކުރުމަށެވެ. އަދި އޮންލައިން ޝަރީއަތް ބެލެވޭނީ ކޯޓަށް ހާޒިރުވިކަމުގައިކަމަށް ވިދާޅުވި އެެވެ. ނަމަވެސް މައްސަލަ ބައްދަލަވާ ގާޒީ ހަސަން ސައީދުގެ ނުރުހުން އަމާޒުވުމުން އައްސަދު ވިދާޅުވީ އަލީ ވަހީދަށް ގުޅޭގޮތެއް ވެފައިނުވާތީ އެމްބަސީގެ އެހީއަށް ވެސް އެދުނު ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: