ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައި-އިލެކްޝަން: މިހާތަނަށް 44 ޕަސެންޓް މީހުން ވޯޓު ލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފޯރީގައި ފަށައިގެން ކުރިއަށްދާ އިރު މިހާރު 44 ޕަސެންޓް މީހުން ވޯޓު ލައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނެފައި ވަނީ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު އެ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށީގެ 3،309 މީހަކަށް ލިބިގެންވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ކޮމަންޑޫގެ 1،405 މީހުންނާއި، ފޯކައިދޫގެ 1،201 މީހުންނާއި، މަރޮށީގެން 703 މީހުންނެވެ.

އިސީން ބުނީ އޭގެ ތެރެއިން މިއަދު މެންދުރު 12:00 އާ ހަމައަށް 1472 މީހަކު ވޯޓުލާފައިވާ ކަމަށެވެ. އެއީ 741 ފިރިހެނުންނާއި 731 އަންހެނުންނެވެ.

މާލެ ސަރަހައްދުގެ އިތުރުން ށ ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫގަައި ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިއަށް ދާ އިރު، ވޯޓު ކިޔުގައި އެކަށީގެންވާ އަދަދަކަށް މީހުން އެބަތިއްބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: