ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންމަފުށި ބަނދަރުގެ ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

އެމްޓީސީސީސީން ހިންމަފުށީގައި ކުރިޔަށް ގެންދާ މަޝްރޫއުގެ ތެރެއިން/ ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ހިންމަފުށި ބަނދަރު ތަރައްގި ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ދަށުން، މިހާރު ކުރިޔަށް ދަނީ އެއްގަމުތޮށި ލުމަށް ބެނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ މަސައްކަތެވެ.

މި ޕްރޮޖެކްޓްގެ ގަލުގެ ދެވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވަނީ މި ހަފްތާގެ ތެރޭގަ އެވެ. އަދި އައު ހާބަރ ބޭސިން ފުން ކުރުމުގެ މަސައްކަތުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫދެ ދަށުން އައު ހާބަރ ބޭސިންގެ 14.300 ކިއުބިކް މީޓަރު ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 38 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 248 މީޓަރުގެ ސަރަހައްދެއްގައި ރިވެޓަމަންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. އަދި 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަން އެމްޓީސީސީން ވަނީ ފާހަގަކޮށްފަ އެވެ.

މިމަޝްރޫއަކީ 25.88 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: