ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އެއްބާރުލުން ސިޓީ ކައުންސިލަށް ނުލިބޭ: މޭޔަރު

މާލެ ސިޓީގެ މެޔާރ ޑރ. މުއިއްޒު / އަދަދަު
ޝެއާރކޮށްލާ ކަހަލަދޯ؟

ޒިންމާތައް އަދާކުރުމަށް ސަރުކާރުން ބޭނުންވާ އެއްބާރުލުން ނުލިބޭކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ލާމަރުކަޒީ ގާނޫނުގެ ބޭނުމަކީ ލުއި ފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށް ދިނުން ނަމަވެސް އެ ހިދުމަތްތައް ދިނުމުގައި ސަރުކާރުގެ އެއްވެސް އެއްބާރުލުމެއް ނުލިބޭކަން ފާހަގަކޮށް ޑރ. މުއިއްޒު ވިދާޅުވީ އެއްބާރުލުން ދޭކަމަށް ބުނެ ސަރުކާރުން ދައްކަވާ ވާހަކަތަކުގައި ބަހާއި އަމަލާއި ދިމާ ނުވާ ކަމަށެވެ.

މިދިޔަ އަށް މަހުގެ ތެރޭގައި ގޮންޖެހުންތަކާއި އެކުވެސް މަޝްރޫއުތަކެއް ހިންގިކަމަށާއި، ނަމަވެސް މިހާތަނަށް ބޮޑު މަޝްރޫއެއް ފެށޭނެކަމުގެ އެއްވެސް އަލިމަގެއް ފެންނާން ނެތްކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް އަމިއްލަ ކުންފުންޏެއް އުފެއްދުމުގެ ބާރު ލިބިފައިވާކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ޖަވާބެއް ސަރުކާރުން މިހާތަނަށް ދީފައިނުވާކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރާނެކަމަށް ބުނެ ސަރުކާރުން ބޮޑެތި އޮޅުވާލުންތައް ގެންގުޅޭކަމަށް ތުހުމަތުކޮށް މުއިއްޒު ވިދާޅުވީ ހުޅުމާލެއިން ވެސް ބިންތައް ދޫކުރަން މަސައްކަތް ކުރަނީ މުއްސަނދިންނަށް ކަމަށެވެ. ވޭތުވެ ދިޔަ ހަތަރު ރިޔާސީ ބަޔާނަކީ އެއްވެސް މިންވަރަކަށް ދިރާސާ ކުރުމެއް އަދި ދިމާވެސް ނުވާ ވާހަކަތަކެއްގެ ގޮތުގައި މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ކުރިޔަށް ގެންދާ ހަމައެކަނި މަޝްރޫއަކީ އެޕޯލޯގެ ދަށުން ކުރިޔަށް ގެންދާ 1000 ހައުސިން ޔުނިޓުގެ މަސައްކަތްތައްކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ހިޔާ ފްލެޓުގެ ބައެއް ބައިތައް “ވިނަރެސް” ގެ ނަމުން ނަންދީ ސަރުކާރުން އޮޅުވާލާފައިވާ ކަމަށެވެ.

މީގެއިތުރުން މިހާރުވެސް ހުޅުމާލެ ފޭސް 1 އިން 500 ގޯތި ދެވޭނެކަމާއި، ފޭސް ދޭއް އިން 3500 ގޯތި، އަދި ގުޅީފަޅުން އެކަނިވެސް 10،000 ގޯތީގެ އިތުރުން 25،000 ހައުސިންގް ނުނިޓުގެ ނެގޭނެކަން މުއިއްޒު ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: