ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިލަތްފަހީ ބަނދަރުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ބިލަތްފަހީ ބަނދަރު ހެދުމުގެ މަޝްރޫއު
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ބިލަތްފައި ބަނދަރު ތަރައްގީ ކުރުމުގެ 72 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މި މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރުވަނީ ބިލަތްފައްސަށް ގެންދެވިފައި ކަމަށާއި މިވަގުތު ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތައް ކަމުގައި އެމްޓީސީސީން މައުލޫމާތުދެ އެވެ.

ޕްރޮޖެކްޓްގެ ދަށުން 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 181 މީޓަރު ސަރަހައްދެއްގެ އެއްގަމުތޮށިލުމާއި، 170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 434 މީޓަރުގެ ސަރަހައްދުގައި ބޭރުތޮށިލުމާއި. 1565 އަކަމީޓަރުގެ ސަރަހައްދުގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތިއާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމުގައި އެކުންފުނިން އިތުރަށް ހާމަކުރެއްވިއެވެ.

މިއީ 28.42 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: