ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މޯލްޑިވްސް ވިކްޓްރީ” ފެތިފައިވާ ސަރަހައްދާއި ކ. ކާށިދޫ ޗަސްބިން ހިމާޔަތްކޮށްފި

ހިމާޔަތް ކުރަން ނިންމި ވިކްޓްރީ ޝިޕްރެކް --
ޝެއާރކޮށްލާ ކަހަލަދޯ؟

“މޯލްޑިވްސް ވިކްޓްރީ” ފެތިފައިވާ ސަރަހައްދާއި ކ. ކާށިދޫ ޗަސް ބިން ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ 2 ސަރަހައްދު ކަން، މިނިސްޓްރީ އޮފް އެންވައިރަމަންޓް އިން ކަނޑައަޅައިފިއެވެ.

މި ނިންމުން މިއަދު ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. އެ އިއުލާނުގައި ވާ ގޮތުން މާދަމާއިން ފެށިގެން މި ދެތަނަކީ ވެސް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅިގެން ދާނެ އެވެ،

އަދި މި ސަރަހައްދުތައް ބެލެހެއްޓުމުގައި އަމަލުކުރަންވާނީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގާނޫނުގެ ދަށުންކަމަށް ވަނީ ކަނޑައަޅާފައެވެ.

ކާށިދޫ ޗަސްބިން ސަރަޙައްދަކީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން 2003 މެއި 22 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަންޒުކަހަބު ދިރިއުޅޭ ސަރަޙައްދެކެވެ. ކަންޒުކަހަބު ދިރިއުޅޭ ތިން ރަށެއް ރާއްޖޭގައި އޮންނައިރު، އޭގެ ތެރެއިން ކާށިދުއަކީ މި ބާވަތުގެ ދިރުން އެންމެ ގިނައިން ދިރިއުޅޭ ރަށެވެ. މީގެ އިތުރުން މި ސަރަޙައްދަކީ ކަނޑޫފާ، ކުއްޅަވައްފާ ހިމެނޭ ޤުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަޙައްދެކެވެ.

މި ސަރަޙައްދު ހިމާޔަތްކުރުމުގެ ބޭނުމަކީ ދިރޭ ތަކެތީގެ މުއްސަނދިކަން ލިބިފައިވާ މި ސަރަޙައްދު ރައްކާތެރިކޮށް ދެމެހެއްޓުމާއި، ހާއްސަކޮށް ކަންޒުކަހަބު ހިމާޔަތްކުރުމުގެ މަގްސަދު ހާސިލުވާނީ އެ ތަކެތި ދިރިއުޅޭ މާޙައުލު ހިމާޔަތްކޮށްގެންކަމުގައި ވާތީވެ އެ ކަން ޙާޞިލްކުރުމާއި، މި ސަރަޙައްދަކީ ރާއްޖޭގައި ވަރަށް މަދު ރަށެއްގައި ނޫނީ ނުހެދޭ ކުއްޅަވައް ގަސް ގިނަ އަދަދަކަށް ހެދިފައިވާ ސަރަޙައްދެއްކަމުގައިވާތީ މި ބާވަތުގެ ގަސްތަކާ ވެސް އެކުގު ދުރަތީ އެ މާޙައުލު ހިމާޔަތްކޮށް ދިރުންތައް ދިރުވާ އާލާކުރުމެވެ.

މޯލްޑިވްސް ވިކްޓަރީ އުރިފައިވާ ސަރަޙައްދަކީ 1981 ވަނަ އަހަރު ހުޅުލޭ ހުޅަނގު ދެކުނު ފަރާތަށް “މޯލްޑިވްސް ވިކްޓަރީ” އަޑިއަށް ދިޔަ ސަރަޙައްދެވެ. މި ބޯޓު އަޑިއަށްގޮސްފައިވާ މި ސަރަޙައްދަކީ މިހާރު “އާޓިފިޝަލް” ފަރެއް ހެދިފައިވާ، މުރަކައާއި މަސްމަހާމެހިން މުއްސަނދިވެފައިވާ ސަރަޙައްދެކެވެ. އަދި މިއީ ރާއްޖޭގައި ޑައިވްކުރާ އެންމެ މަޝްހޫރު އެއް ޝިޕްރެކް ކަމަށްވުމުގެ އިތުރުން ދިރޭ ތަކެތިން މުއްސަނދިވެފައިވާ ވަރަށް ހާއްސަ މާހައުލެއް ލިބިފައިވާ ސަޙައްދެއްވެސް މެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: